ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ދުވަސްވީ މީހުންނާއި ކޮވިޑުގެ ނުރައްކާ ބޮޑު މީހުންގެ ކާޑު ގެއަށް

May 30, 2020

ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު މީހުނާއި އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ގެއަށް ބީއެމްއެލް ކޭޝް ކާޑު ފޮނުވައިދޭނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

ކޮވިޑް-19 ބަލީގެ ނުރައްކާ ބޮޑު މީހުންގެ ތެރޭގައި ބޮޑެތި ބަލިތަކަށް ބޭސް ކުރަމުންދާ މީހުންނާއި އުމުރުން ދުވަސްވީ މީހުން އަދި މާބަނޑު މީހުން ހިމެނެ އެވެ.

ކޮވިޑް-19 އާ ގުޅިގެން ލޮކްޑައުން ކުރުމަށްފަހު ސަރުކާރުން ވަނީ ލޮކްޑައުން އަށް ލުއި ދޭން ނިންމާފަ އެވެ. މި ނިންމުމާ ގުޅިގެން އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ބީއެމްއެލް ކަސްޓަމަރާ ސާވިސް ސެންޓަރުން ކާޑު ދޫކުރަން ފަށަން ވަނީ ނިންމާފަ އެވެ. ނަމަވެސް މިގޮތަށް ކާޑު ދޫކުރި ނަމަވެސް ކޮވިޑުގެ ނުރައްކާ ބޮޑު މީހުން ކާޑު ބަލައި ނުދާން އެ ބޭންކުން ވަނީ އެދިފަ އެވެ.

ބީއެމްއެލް އިން ބުނީ ކޮވިޑް-19 ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނާއި ކޮވިޑުގެ ނުރައްކާ ބޮޑު ކަސްޓަމަރުން ބޭންކަށް ނުގޮސް ކާޑު ލިބޭނެ އިންތިޒާމު ހަޖައްސާނެ ކަމަށެވެ. ނަމަވެސް މި ގޮތަށް ކާޑު ޑެލިވަ ކޮށްދޭނީ އެކަމަށް އެދުމުންނެވެ.

ކާޑު ގެއަށް ފޮނުވަން ބޭނުންވާ މީހުން ޖެހެނީ މެސެޖް ކުރާށެވެ. އެސްއެމްއެސް ކުރާނީ އައިޑީކާޑު ނަންބަރު ޖެހުމަށްފަހު ހުސް ތަންކޮޅެއް ދޫކުރައްވާ “Card Delivery” ޖެއްސެވުމަށްފަހު 7990200 ނުވަތަ 9990200 ނަންބަރަށެވެ. ކާޑު ހަވާލުކުރުމަށް ބޭންކުގެ މުވައްޒަފުން ޒިޔާރަތްކުރާއިރު ކާޑު ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ގޭގެ ނުވަތަ އިމާރާތުގެ ތިރީ ބައި އިންނެވެ.