ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޭންކް އޮފް މޯލްޑިވްސް

މިދިޔަ އަހަރު ބީއެމްއެލްގެ އެހީ 100 އަށްވުރެ ރަށަށް

Mar 11, 2021

މިދިޔަ އަހަރު މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ބީއެމްއެލް އިން ހިންގި ޕްރޮގްރާމްތަކުގެ ލާބަ އާއި މަންފާ އަށް ރާއްޖޭގެ 100 އަށް ވުރެ ގިނަ ރަށަށް ލިބިއްޖެ އެވެ.

ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދޔަ އަހަރު ކުރި މުހިންމު މަސައްކަތްތަކާއި މުޖުތަމަ އަށް އެހީތެރިވުމަށް މާލީ ގޮތުން ވެދީފައިވާ އެހީތެރިކަމާ ގުޅޭ މަައުލޫމާތު ހިމެނޭ "ސަސްޓެއިނަބިލިޓީ ރިޕޯޓް 2020" ގައިވާ ގޮތުން ޖަމިއްޔާތަކާއި އާންމު ފަރުދުންނަށް އަމާޒުކޮށް ބޭންކުން ހިންގި ޕްރޮޖެކްޓްތަކާއި ސްޕޮންސާޝިޕްތައް މެދުވެރިކޮށް މިދިޔަ އަހަރު 100 އަށްވުރެ ގިނަ ރަށަކަށް ވަނީ އެހީތެރިކަން ދީފަ އެވެ.

މި ރިޕޯޓުގައިވާ ގޮތުން ކޮވިޑްގެ ބަލި މަޑުކަމާއެކު ދިމާވި ދަތި އުނދަގޫތަކާއެކު ވެސް ބޭންކުން ވަނީ ސީއެސްއާރު ޕްރޮޖެކްޓްތަކަށް ހިންގައި އާންމު ފަރުދުންނާއި މުޖުތަމައުތަކުގެ ދިރިއުޅުމަށް ހެޔޮ ބަދަލު ގެނައުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އެއް މިލިއަން ރުފިޔާގެ 20 މަަޝްރޫއު ހިންގި

ކޮވިޑް-19 އާ ގުޅިގެން ގިނަ ދަތިތަކެއް ކުރިމަތިވެގެން ދިޔަ ނަމަވެސް ބޭންކުގެ އިޖްތިމާއީ ޒިންމާގެ ދަށުން ފާއިތުވެދިޔަ އަހަރު ވެސް ހަރަކާތްތަކެއް މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގުނެވެ. ދެމެހެއްޓެނިވި މަޝްރޫއުތަކެއްގެ ޒަރިއާ ވަކިވަކި ފަރުދުންނާއި ޖަމިއްޔާ ޖަމާޢާތްތައް ބާރުވެރިކުރުމުގެ ގޮތުން ހިންގޭ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު މެދުވެރިކޮށް އެއް މިލިއަން ރުފިޔާގެ 20 މަޝްރޫއު ރާއްޖޭގެ އެކި ކަންކޮޅުތަގައި ހިންގުމަށް އިންވެސްޓް ކުރި އެވެ. މިގޮތުން ސްކޫލްތަކުގެ ކްލާސްރޫމް ތަކަށް ބޭނުންވާ ތަކެތި ހޯދުމާއި ލައިބްރަރީ ތަރައްގީކުރުމާއި ޕާކު އަދި ޖިމް ހެދުން އަދި ނޭޗާ ޕާކް ތަރައްގީކުރުމާއި ސޯލާ ލައިޓް ހަރުކުރުމުގެ ޕްރޮޖެކްޓްތަކަށް ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދެވިފަ އެވެ

އާކް އެއިޑުގެ 300 އާއިލާއަކަށް އެހީ

ރާއްޖޭގައި ހިންގާ ޖަމިއްޔާ ތަކުން މުޖުތަމަ އަށް އެހީފޯރުކޮށްދިނުމަށް ހިންގާ ގިނަ ޕްރޮޖެކްޓްތަކަށާއި މަސައްކަތްތަކަށް އެހީވުމަށް ބޭންކުން އަބަދު ވެސް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މިދިޔަ އަހަރު ކެންސަ ސޮސައިޓީ އޮފް ދަ މޯލްޑިވްސް އިން އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރަން ކުރާ މަސައްކަތައް އެހީތެރިކަން ފޯރިކޮށްދީ ފެމަލީ ލީގަލް ކްލިނިކް ގެ ފަރާތުން ކުރިޔަށް ގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން މާލީ އެހީތެރިކަން ވަނީ ފޯރިކޮށްދީފަ އެވެ.

މިއާއެކު، ކޮވިޑް-19 ގެ ސަބަބުން އެހީތެރިކަމަށް ބޭނުންވެފައި ތިބި ކުދިންނަށް އެހީތެރިވުމަށް ހިންގުނު އާކް އެއިޑް ޕްރޮގްރާމަށް 150،000 ރުފިޔާ ހަދިޔާކޮށް 587 ކުދިން ހިމެނޭހެން 300 އާއިލާ އަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަނީ ބައިވެރިވެ ފައެވެ.

200 އަށްވުރެ ގިނަ ކޭޝް އެޖެންޓުން

އަތޮޅު ތެރޭގައި ބޭންކިން ވިއުގަ ފުޅާކުރުމަށްޓަކައި ވެސް މިދިޔަ އަހަރު ވަނީ އިތުރަށް އިންވެސްޓް ކުރެވިފަ އެވެ. މި ގޮތުން ނުވަ ރަށެއްގައި އަލަށް ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރު ހުޅުވައި އިތުރު ފަސް ރަށެއްގައި ބެެހެއްޓިފައި ހުރި އޭޓީއެމް ސެލްފް ސާވިސް ބޭންކިން ހިދުމަތްތައް ލިބޭނެހެން ބަދަލުނެގެސްފަ އެވެ. އަދި ކޭޝް އޭޖެންޓް ވިއުގަ ފުޅާކޮށް 200 އަށް ވުރެ ގިނަ އޭޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ލިބޭނެ މަގު ވެސް ވަނީ ތަނަވަސްކޮށްދެވިފަ އެވެ. މީގެތެރެއިން 40 އަށް ވުރެ އޭޖެންޓުން މެދުވެރިކޮށް މިހާރު ވަނީ ފައިސާ ޖަމާކުރުމާއި ލޯނަށް ފައިސާ ދެއްކޭނެ މަގު ވެސް ފަހިކުރެވިފަ އެވެ.

ނުކުޅެދުން ހުންނަ ފަރާތްތަކަށް 1.2 މިލިއަން ރުފިޔާގެ ހޭދަ

ބޭންކުން ވަރަށް ހާއްސަކަމަށް ދީގެން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް ވީލްޗެއާ ބޭނުންކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާ އެއް ހަދިޔާ ކުރުމުގެ ގޮތުން އިސްނަގައިގެން ކުރިޔަށް ގެންދާ ޕްރޮގްރާމުގެ ދަށުން 65 ވީލްޗެއާ މިދިޔަ އަހަރު ވަނީ ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް 1.2 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުންނާއި މި ހާލަތުން އަރައިގަނެވޭނެ މުއްދަތެއް އަދި އަންދާޒާ ކުރަން ދަތިވެފައިވީ ނަމަވެސް ބޭންކުން މިއަހަރު ތެރޭގައިވެސް ރާއްޖޭގެ ރައްޔިތުންނާއި މުޖުތަމައުގެ ލާބައާއި މަންފާއަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ނިންމާފަ އެވެ.