ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ބީއެމްއެލްގެ ނަމުގައި ދައުރު ކުރަނީ ފޭކް ޕްރެސް ރިލީޒެއް

Jan 10, 2021
3

ބީއެމްއެލުން ކާޑު ލިމިޓަށް އަނެއްކާ ވެސް ބަދަލު ގެނެސް، އަދަދު ދަށް ކޮށްފައިވާ ކަމަށް ބުނެ ދައުރު ކުރަމުން ދަނީ ފޭކް ޕްރެސް ރިލީޒެއް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލްގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ފޭކް ޕްރެސް ރިލީޒްއާ ގުޅިގެން ބީއެމްއެލް އިން ވަނީ ބައެއް ކަސްޓަމަރުންގެ ކަންބޮޑުވުން ތަކަށް ޖަވާބު ވެސް ދީފަ އެވެ. އެ ބޭންކުން ބުނި ގޮތުގައި މިހާރު ދައުރުވަމުން ދަނީ ފޭކް ލިއުމެކެވެ.

ބޭންކުން މީގެ ކުރިން ވަނީ ކޮވިޑް-19 އިގެ ސަބަބުން އިގްތިސޯދު ހީނަރުވެ، ރާއްޖޭގެ ބޭންކް ސިސްޓަމްގެ ތެރެ އަށް ޑޮލަރު ވަނުން މަދުވެފައި ވާތީ ޑޮލަރު ލިމިޓް ދަށްކޮށްފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ރަނގަޅުވި ނަމަވެސް މި މައްސަލަ ރަނގަޅުނެ އެވެ. މި މައްސަލަ ކުރިމަތިވެ މީގެ ކުރިން ގައުމީ ބޭންކް އިން ވެސް ވަނީ ލިމިޓް ދަށްކޮށްފަ އެވެ. އެ ބޭންކް އިން ރާއްޖޭގައި ދީފައިވާ ލިމިޓަކީ މަހެއްގެ މައްޗަށް 250 ޑޮލަރެވެ. ނަމަވެސް ބޭރުގައި އުޅޭ ދިވެހިންނަށް މަހެއްގެ މައްޗަށް 750 ޑޮލަރުގެ މުއާމަލާތް ކުރެވެ އެވެ. މި ފިޔަވަޅުގެ އިތުރުން ވެސް އިތުރު ގިނަ ބަދަލު ތަކެއް ބީއެމްއެލް އިން ގެނެސްފައިވެ އެވެ.

ބީއެމްއެލްގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވެސް މިހާރު ވަނީ ރާއްޖޭގެ ބްރާންޗުތަކުގެ ކާޑުތަކުން ބޭރުގައި މުއާމަލާތް ކުރެވޭ ލިމިޓް 100 ޑޮލަރަށް ދަށްކޮށްފަ އެވެ.