ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރަނގަޅުވި މީހުންގެ އަދަދު 400 އިން މައްޗަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 159 މީހަކު ރަނގަޅު ވެއްޖެ އެވެ.

މިރޭ އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މަބުރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު ބަޔަކު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް ބަލިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 401 އަށް އަރާފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 1672 އަށް އަރާފައެވެ. އަދި މިވަގުތު 1264 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

މިހާތަނަށް ކޮވިޑަށް ޓެސްޓް ކުރުމަށް 23،860 ސާމްޕަލް ވަނީ ނަގާފައެވެ. އަދި 1291 މީހުން އައިސޮލޭޝަންގައި ތިބިއިރު 1478 މީހަކު ކަރަންޓީންގައި އެބަތިއްބެވެ.

ކޮވިޑްގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފައެވެ. އެއީ ތިން ދިވެހިންނާއި ދެ ބިދޭސީންނެވެ.