ކޮވިޑް-19 ގެ ބަލިމީހުން ފެނުމާއި ގުޅިގެން ލޮކްޑައުންކުރި ށ. ނަރުދޫ އާންމު ހާލަތަށް ގެނެސްފި އެވެ.
އެ ރަށް އާންމު ހާލަތަށް ގެނެސްފައިވަނީ އެޗްޕީއޭގެ މޮނިޓަރިންއަށް ގެންދިޔަތާ 35 ދުވަސް ފަހުންނެވެ.
ނަރުދޫން އެންމެ ފުރަތަމަ ޕޮޒިޓިވްވީ އެ ރަށުގައި ދުއްވާ އަމާޒު ބޯޓްގެ ކެޕްޓަނެވެ. ފަހުން ކެޕްޓަންގެ އާއިލާގެ ގިނަ ބަޔަކުވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެގޮތުން އިތުރު ހަ މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.