ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖޭގައި ތިބި އިތުރު 700 އިންޑިއާ މީހަކު ގެންދަނީ

May 31, 2020

ރާއްޖޭގައި މިވަގުތު ތިބި އިންޑިއާގެ 700 މީހުން އަނބުރާ އެ ގައުމަށް ގެންދަން މަނަވަރެއް ރާއްޖެއަށް ފޮނުވުމަށް ހަމަޖައްސައިފި އެވެ.

މާލޭގައި ކޮވިޑް-19 ފެތުރެމުންދާއިރު، ބިދޭސީންގެ ތެރެއިން ބަންގްލަދޭޝް ނެގުމަށްފަހު ދެން އެންމެ ގިނައިން ޕޮޒިޓިވްވެފައިވަނީ އިންޑިއާ މީހުންނެވެ.

މީގެކުރިން ވެސް އިންޑިއާއިން ވަނީ މަނަވަރެއް ފޮނުވައި ރާއްޖޭގައި ތިބި އިންޑިއާގެ 1،400 މީހަކު ގެންގޮސްފަ އެވެ. އަދި ވައިގެ މަގުން ވެސް 153 މީހަކު ގެންދިޔަ އެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓްރީއިން ބުނި ގޮތުގައި ލަންކާގައި ތިބި 700 އިންޑިއާ މީހަކާއި ރާއްޖޭގައި ތިބި 700 މީހަކު އިންޑިއާއަށް ގެނައުމަށް މާދަމާ އިންޑިއާގެ މަނަވަރެއް ދަތުރު ފަށާނެ އެވެ.

ކޮވިޑް-19 މާލޭގައި ފެތެރެމުންދާތީ، ބަންގްލަދޭޝްގެ ބައެއް މީހުން ވެސް ވަނީ އެ ގައުމަށް ގެންގޮސްފަ އެވެ. އޭގެ އިތުރުން ތައިލެންޑްގެ ގިނަ ބަޔަކު ވެސް ވަނީ ރާއްޖެ ދޫކޮށް ގޮސްފަ އެވެ.