ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޖޫން އާއި ޖުލައިގައި ވެސް ފްލެޓްތަކުން ކުލީގެ ލުޔެއް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުއްޔަށް ދީފައި ހުރި ފްލެޓްތަކުގެ ކުލިން 30 ޕަސެންޓް ފަސް ކުރަން ބޭނުންވާ ފަރާތްތަކަށް ޖޫން އާއި ޖުލައި މަހަށް ވެސް އިތުރު ކޮށްފި އެވެ.

ކޮވިޑް-19 އިގެ ހާލަތާ ގުޅިގެންް ދިމާވެފަައިވާ ދަަތިތަކަށް ލުޔެއް ހޯދައިދޭން އެޗްޑީސީން ވަނީ ކުރިއަށް އޮތް ދެ މަހު އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓްތަކުގެ އިތުރުން ގޯއްޗާއި ކުއްޔަށް ދޫ ކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ދައްކާ ފައިސާ ނުވަތަ ކުލީގެ 30 ޕަސެންޓް ފަސް ކުރެވޭނެ ގޮތް ހަދާފަ އެވެ

އެޗްްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، އާއްމުންނަށް ދިމާވެފައިވާ ދަަތިިތަކަށް ހައްލެއް ހޯދުމަށް، އެޗްޑީސީއަށް ދަކަން ޖެހޭ ކުލީގެ 30 ޕަސަންޓު ދެއްކުން ފަސް ކުރުމަށް އެ ކުންފުނިން ނިންމި ނިންމުން، ޖޫން އަދި ޖުލައި މަހަށް ވެސް އިތުރު ކުރަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން އެޕްރީލް އާއި މޭ، ޖޫން އަދި ޖުލައި މަހުގެ ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓު ދެއްކުން ފަސް ކޮށް ދޭނީ އެކަމަށް އެދި 31 ޖުލައިގެ ނިޔަލަށް އެ ކޯޕަރޭޝަންގެ "މައި ހުޅުމާލެ" ވެބް ޕޯޓަލްގައިވާ އޮންލައިން އެޕްލިކޭޝަން ފޯމު ހުށަހެޅުމުނެވެ. އޭޕްރީލް އަދި މޭ މަހުގެ ކުލި ފަސް ކުރަން ފޯމު ހުށަހަޅާފައިވާ ފަރާތްތައް އިތުރު ފޯމެއް ހުށަހަޅަން ނުޖެހޭނެ އެވެ.

ކުއްޔަށް ލުއި ދެނީ 31 މާޗު އާ ހަމައަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ.

"މި ހަތަރު މަހުގެ އިންސްޓޯލްމަންޓު / ކުއްޔަށްވާ ފައިސާގެ 30 ޕަސެންޓު ދެއްކުން ފަސް ކޮށް ދެވޭނީ 31 މާޗު އާ ހަމައަށް އެއްބަސްވުމުގެ ދަށުން ގަވާއިދުން ފައިސާ ދައްކާފައިވާ ފަރާތްތަކަށެވެ. އަދި މިއާއެކު ކޮންމެ މަހަކު ދައްކަން ޖެހޭ އިންސްޓޯލްމަންޓުގެ 70 ޕަސެންޓު އެޗްޑީސީއަށް ދައްކައި ހަލާސްކުރުމުގެ ފުރުސަތު މި އަހަރުގެ އޯގަސްޓު މަހުގެ 15 އާ ހަމައަށް ދެވޭނެ އެވެ" އިއުލާންގައި ވެއެވެ.

އިތުރަށް ބުނީ ފައިސާ އަނބުރާ ދައްކަން ފަށަން ޖެހޭނީ ނޮވެމްބަރު މަހުގައި ކަމަށާއި، ފައިސާ އަނބުރާ ދައްކަން 12 މަހަށް ވުރެ ދިގު ނޫން މުއްދަަތެއް ދޭނެ ކަމަށެވެ. ފައިސާ ދެއްކުން ފަސް ކުރާ މުއްދަތު ނިމިގެން ހިނގާ ފުރަތަމަ ތިން މަސް ދުވަހު ކަސްޓަމަރު ދައްކަން ޖެހޭނީ ކުރިން ވެސް ދައްކަމުން ދިޔަ ކުއްޔެވެ.

އަދި ގަވައިދުން ފައިސާ ނުދެއްކޭ ފަރާތްތަކުން އެކަމަށް އެދި އެޗްޑީސީއަށް ހުށަހެޅުމުން އެ ކުންފުނިން އަމަލު ކުރަމުންދާ ޑެޓް ކަލެކްޝަން ޕޮލިސީއާ އެއްގޮތަށް ފައިސާ ދެއްކުމަށް ލުއިތަކެއް ދޭނެ އެވެ.