ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކުލި ފަަސްކުރަން އެދޭ މުއްދަތު އެޗްޑީސީން އިތުރުކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުއްޔަށް ދީފައި ހުރި ފްލެޓްތަކުގެ ކުލިން 30 ޕަސެންޓް ފަސް ކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހަށް އިތުރުކޮށްފި އެވެ.

ކޮވިޑް-19ގެ ހާލަތާ ގުޅިގެންް ދިމާވެފަައިވާ ދަަތިތަކަށް ލުޔެއް ހޯދަން އެޗްޑީސީން ވަނީ ކުރިއަށް އޮތް ދެ މަހު އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓްތަކުގެ އިތުރުން ގޯއްޗާއި ކުއްޔަށް ދޫކޮށްފައިވާ ކޮމާޝަލް ޔުނިޓްތަކާއި ސިނާއީ ބިންތަކަށް ދައްކާ ފައިސާ ނުވަތަ ކުލީގެ 30 ޕަސެންޓް ފަސް ކުރެވޭނެ ގޮތް ހަދާފަ އެވެ.

މިކަމާ ގުޅިގެން އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނީ، އެކަމަށް އެދުމަށް މިހާތަނަށް ފޯމް ހުށަހަޅާފައި ނުވާ ފަރާތްތަކުގެ ތެރެއިން މޭ މަހުގެ އިންސްޓޯލްމަންޓް / ކުލީގެ 30 ޕަސެންޓް ފަސް ކުރަން ބޭނުންވާ ފަރާތްތައް 15 މޭ ގެ ނިޔަލަށް ފޯމު ހުށަހަޅަން މުއްދަތު އިތުރު ކޮށްފައިވާ ކަމަށެވެ.

ކުލިން ފަސްކޮށްދޭ 30 ޕަސެންޓުގެ ފައިސާ ދެއްކުމަށް އަަހަރަކަށް ވުރެ ކުރު ނޫން މުއްދަތެއް އެޗްޑީސީން ދެ އެވެ. މިއީ މިހާތަނަށް ގަވައިދުން ފައިސާ ދައްކާފައިވާ ފަރާތްތަކަށް އެކަންޏެވެ.

އެޗްްޑީސީން ވަނީ މާލެ ސަރަހައްދު ލޮކްޑައުން ކުރުމާ ގުޅިގެން އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭ ހުރިހާ ފަައިސާއެއް އޮންލައިންކޮށް ދެއްކޭނެ ގޮތް ހަދާފަަ އެވެ. އެއީ، ބެންކް އޮފް މޯލްޑިވްސް އާއި އިސްލާމިކް ބޭންކްގެ އޮންލަައިން ޓްރާންސްފާ އެވެެ.