ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ކޮވިޑް ހޭދަ މިހާރު ހުރީ 892.3 މިލިއަނުގައި

Jun 2, 2020

ކޮވިޑް-19 އިން ރައްކާތެރިވާން ރާއްޖެ އިން ކުރަމުން ގެންދާ މަސައްކަތް ތަކަށް މިހާތަނަޑށް 892.3 މިލިއަން ރުފިޔާ ހޭދަ ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކޮވިޑް-19 އިން ސަލާމަތްވާ ކުރާ މަސައްކަތްތަކަށް މިދިޔަ މަހުގެ 28 ގެ ނިޔަލަށް ކުރި ހޭދަ ވަނީ 2.8 ޕަސެންޓް އިތުރުވެފަ އެވެ.

މި މުއްދަތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް ސެންޓަރު (އެންޑީއެމް) އާއި ހެލްތް މިނިސްޓްރީ އަށެވެ. އެންޑީއެމް އަށް 584.4 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އަދި ހެލްތް މިނިސްޓްރީއަށް 141.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. މިދެ ދާއިރާގެ ތެރެއިން އެންޑީއެމްއަށް ކުރި ހޭދައިގެ ދެބައިކޮޅަ އެއްބައި މެޑިކަލް ސާމާނު ގެންނާށެވެ. އަދި އައިޖީއެމްއެޗްއަށް މި ހާލަތުގައި ބޭނުންކުރަން ގެނައި ސާމާނުގެ އަގު 4.9 މިލިއަން ރުފިޔާއަށް އަރަ އެވެ.

ސަރުކާރުން ދަނީ ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އެކަމަށް ބޮޑު ހޭދައެއް ދަނީ ކުރަމުންނެވެ.