ގުޅިފަޅު

ގުޅިފަޅު ހިއްކާތީ ތިމާވެއްޓަށް ގެއްލުން ބަލަނީ

ވިޔަފާރި ބަނދަރެއް ހެދުމުގެ މަސައްކަތް ގުޅީފަޅުގައި ކުރަން ފެށުމާއެކު އެ ސަަރަހައްދުގެ ތިމާވެއްޓަށް އަސަރު ކުރާ މައްސަލަ ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރަންމަންޓް އެންްޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންްމައިފި އެވެ.

މަޖިލީހުން މިއަދު ބުނީ، ގުޅީފަަޅުގައި ގާއިމް ކުރާ ޕޯޓުގެ މަޝްްރޫއުގެ ފުރަތަމަ ފިޔަވަަހީގެ ދަށުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށުމާއެކު އެ ސަރަހައްދުގެ ތިމާވެއްޓަށް އަސަރު ކުރަމުންދާތީ އެކި ފަރާތްތަކުން އެކަމާ ކަންބޮޑުވުން ފާޅު ކުރަަމުން ގެންދާ ކަމަށެވެ. އަަދި އެ މައްސަލަ ކޮމިޓީން ބަލަން ކޮމިޓީ މެމްބަރުން ނިންމާފައިވާ ކަމަށެވެ.

މި މައްސަލަ ދިރާސާ ކުރުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު، އެންްވަޔަރަމަންޓް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އަދި އީޕީއޭ އާއި އީއައިއޭ ކޮންސަލްޓަންޓް ކޮމިޓީއަށް ހާޒިރު ކުރާނެ އެވެ.

ގުޅިިފަޅު ހިއްކާތީ އެ ސަަރަހައްދަށް ގެއްލުންތައް ލިބޭތީ ގިނަ ބަޔަކު ދަަނީ ނުރުހުން ފާޅު ކުރަމުންނެވެ. އަަދި އޭގެ ސަބަބުން ތިމާވެށީގެ ގޮތުން ނޭދެވޭ އަސަރު ކުރާނެ ކަމަށާއި ޑައިވްް ސައިޓު ތަކަށް ނުރައްކާވާ ކަން ވެސް ދަނީ ފާހަގަ ކުރަމުންނެވެ.

މީގެ އިތުރުންް، ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވެސް ވަނީ ގުޅިފަޅު ޕްރޮޖެކްޓުގެ ސަބަބުން ވިލިމާލެ ފަރަށް ކިސަޑު އެޅި ގެއްލުންވަމުން ދާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މީގެ ކުރިން ހުށަހަޅާފަަ އެވެ.

މި މައްސަލާގައި އީޕީއޭއިން މީގެ ކުރިން ބުނެފައިވަނީ އެކަން ބަލަމުންދާ ކަމަށާއި އަދި ގެއްލުންތައް މޮނީޓާކުރަމުންދާ ކަމަށެވެ. މައްސަލާގައި އެންވަޔަރަންމެންޓް މިނިސްޓްރީ އާއި އީޕީއޭގެ ވެރިންގެ މެދުގައި ހިޔާލު ތަފާތުވެ އީޕީއޭގެ ވެރިޔާ އިބްރާހިމް ނައީމަށް މިނިސްޓްރީން އިންޒާރު ވެސް ދީފައިވެ އެވެ.