ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ލައިފްސްޓައިލް

ކޮވިޑް-19 އަށް ފަރުވާ ހޯދި އެމެރިކާގެ މީހަކަށް އަށް ލައްކަ ޑޮލަރުގެ ބިލެއް

އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކޮލަރާޑޯގައި ދިރިއުޅޭ ހައި ސްކޫލް ޓީޗަރެއްގެ މެޑިކަލް ބިލްތަކަށް 840،000 ޑޮލަރު އެރުމުން އޭނާއަށް ބޮޑު ޝޮކެއް ލިބިއްޖެ އެވެ. މިއީ ކޮވިޑް-19 ޖެހިގެން އެ ބައްޔަށް އޭނާ ކުރި ބޭހުގެ ބިލްތަކަށް އަރާފައިވާ ވަރު ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

ރޮބަޓް ޑެނިސް ފަރުވާ ހޯޑީ ޑެންވާގައި ހުންނަ ސްކައި ރިޖް ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުގެ އިންޓެންސިވް ކެއާ ޔުނިޓްގައި ވެންޓިލޭޓަރުގައި އޭނާއަށް ދެ ހަފުތާ ވަންދެން ފަރުވާ ދީފައި ވެއެވެ.

އަދި މި ބިލްތަކުގައި އޭނާ އެ ހޮސްޕިޓަލުން ދޫކޮށްލުމުން ސްޕޯލްޑިން ރިހެބިލިޓޭޝަން ހޮސްޕިޓަލުގައި ހޭދަކުރި ތިން ހަފުތާއާއި އޭނާގެ އަންހެނުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހޮސްޕިޓަލުގެ އިމަޖެންސީ ރޫމަށް ދައްކައިގެން ހޯދި ފަރުވާ ނުހިމެނެ އެވެ. މި ހުރިހާ ފަރުވާއެއްގެ ބިލް އެއްކޮށްލުމުން އެމީހުންގެ އަތުން 1.5 މިލިއަން ޑޮލަރު ވަރު ޚަރަދުވާނެ ކަމަށް މި ދެމަފިރިން ލަފާ ކުރެ އެވެ.

މި ދެމަފިރިން ވެސް އިންޝުއަރެންސް އިން މި ހުރިހާ ފައިސާއެއް ކަވަރުވާނެކަމަށް އެމީހުން ޔަގީންކުރެ އެވެ.

ރޮބާޓްގެ އަންހެނުން ބުނީ މައްސަލައަކީ އިންޝުއަރެންސުން އެ މީހުންގެ ބިލްތައް ކަވަރުކުރުމާއި ނުކުރުން ނޫން ކަމަށެވެ. އެހާ ބޮޑެތި އަދަދުތައް ޖަހާފައިވާ ބިލްތައް ފެނުމުން ކޮންމެ މީހެއްގެ ވެސް ހިތް ހުއްޓޭނެކަމަށް އޭނާ ބުންޏެވެ.

"ބިލް ފެނިފައި ވަރަށް ބިރުގަތް. ހަގީގަތުގައި ބަލި މީހެއްގެ އަތުން މިހާ ބޮޑު އެއްޗެއް ނެގުމަކީ ވަރަށް ދެރަކަމެއް،" ޑެނިސްގެ އަންހެނުން ބުންޏެވެ.