ދުނިޔެ

ހައްޖުގެ މަތިވެރި އަޅުކަން ނިމުމުގެ ކުރިން: އެންމެ މަތީ އަދަދުތަކުން

ހައްޖުގެ އަޅުކަމަކީ ދުނިޔޭގައި އެންމެ ގިނަ ބަޔަކު މިގޮތަށް އެއްތަނަކަށް ޖަމާވާ އެންމެ ބޮޑު އެއް އެއްވުމެވެ. އެހެންވީމަ މި މަތިވެރި އަޅުކަން ނުވަތަ އެއްވުން ނިމުމަކަށް ނާންނަނީސް އަދަދުތަކުން މި އެއްވުމަށް ބަލައިލަމާ ހިނގާށެވެ.

މިއީ ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން މި އަހަރު މައްކާ އަށް ގޮސް ތިބި މުސްލިމުންގެ އަދަދެވެ. މިފަހަރުގެ އަޅުކަމުގައި ބައިވެރިވެ ގާތްގަނޑަކަށް ދެ ބިލިއަން މުސްލިމުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރާނެ ކަމަށް ބެލެވެ އެވެ.

މިއީ މުސްލިމުންގެ އެންމެ ބޮޑު އާބާދީއެއް އޮތް އިންޑޮނީޝިއާ އިން މި އަހަރު ހައްޖަށް ދިޔަ މީހުންގެ ޖުމްލަ އަދަދެވެ. 

ސައޫދީ ފިޔަވައި އެހެން ގައުމުތަކުން ހައްޖުގެ އަޅުކަމަށް ދިޔަ މީހުންގެ 80 ޕަސެންޓަކީ އެމީހުންގެ ގައުމުތަކުގެ ރަސްމީ ކޯޕަރޭޝަންތަކުގެ ސީދާ ބެލުމުގެ ދަށުން ހައްޖަށް ދިޔަ މީހުންނެވެ. ޓޫރިސްޓު ކުންފުނިތަކުގެ ބެލުމުގެ ދަށުން މައްކާ އަށް ގޮސް ހައްޖުވާނީ 20 ޕަސެންޓް މީހުންނެވެ.

މިއީ ޙައްޖުގެ އަޅުކަން ކުރިއަށްދާއިރު ހައްޖާޖީންގެ ސަލާމަތީކަންކަން ބެލެހެއްޓުމަށް ސައޫދީން އެކުލަވާލާފައިވާ ފުލުހުންގެ ފައުޖުގައި ތިބި ސަލާމަތީބާރުތަކުގެ އަދަދެވެ.

ސިއްހީ އެހީތެރިކަމެއް ހައްޖާޖީއަކަށް ބޭނުންވެއްޖެ ހިނދެއްގައި އެކަން ތަނަވަސްކޮށްދިނުމަށް ތައްޔާރީ ހާލަތުގައި ތިބޭ ސިއްހީ އެހީތެރިންގެ އަދަދަކީ މިއީ އެވެ. ބަލި ހައްޖާޖީންނަށް ފަރުވާ ދިނުމަށް 5،000 އެނދު ގާއިމުކޮށްފައިވާއިރު އައިސީޔޫ ފެންވަރުގެ 500 އެނދު އޭގެ ތެރޭގައި ހިމެނެ އެވެ. ސިއްހީ މި ފަރުވާތައް ދިނުމަށް އަށް މަރުކަޒެއް ގާއިމުކޮށްފައިވެ އެވެ.

މިއީ މަސްޖިދުލް ހަރަމްގެ ޖާގަ އިތުރުކުރަމުން ގެންދާ ބޮޑު މިނެވެ. މިއީ ގާތްގަނޑަކަށް 50 ފުޓްބޯޅަ ދަނޑުގެ ސައިޒެވެ.

މިއީ ސައޫދީން ބޭރުން މައްކާ އަށް ގޮސް ހައްޖުވުމަށް އާންމުކޮށް އެހެން ގައުމުތަކުގެ މީހުންގެ އަތުން ހިނގާ ޖުމްލަ ޚަރަދެވެ.

މިއީ މިނާގައި ގާއިމުކޮށްފައިވާ އެއާ ކޮންޑިޝަން ޓެންޓް އަދި އަލިފާން ނުހިފާ ޓެންޓްތަކުގައި އެއްފަހަރާ ޖާގަ ލިބޭ ހައްޖާޖީންގެ އަދަދެވެ.