ދުނިޔެ

އަނދަމުންދާ ކެލިފޯނިޔާގައި ކާރިސާގެ ހާލަތު އިއުލާނުކޮށްފި

Sep 23, 2015

އޮބާމާގެ މި އިއުލާނާ ގުޅިގެން އެ ސަރަހައްދު އަލުން އާރާސްތު ކުރުމަށާއި ވަގުތީ ހިޔާތައް އެޅުމަށް ދައުލަތުގެ ފައިސާ ވަނީ ދޫކޮށްފައެވެ. އަދި މި އިއުލާނާއި ގުޅިގެން އާންމުންނަށާއި ވިޔަފާރި ތަކަށް ލިބުނު ގެއްލުމުގެ މަރާމާތަށް ވެސް ދައުލަތުން ހިލޭ އެހީ އާއި ލޯނު ދޫކުރާނެއެވެ.

މީގެ ދިހަ ވަރަކަށް ދުވަސް ކުރިން ފެތުރެންފެށި މި އަލިފާން ގަނޑު މިއަދާ ހަމައަށް 76 ހާސް އޭކަރަށް ވުރެ ބޮޑު ސަރަހައްދަކަށް ފެތުރިފައި ވެއެވެ. ބައެއް މީހުން ގެއްލިގެން ހޯދާއިރު، މިއަދުވެސް ބައެއް ހިސާބުތަކުން މީހުން ހުސްކުރުން ދަނީ ކުރިއަށެވެ.

މިއީ ކެލިފޯނިޔާގެ ތާރީހު ދުށް ޖަންގަލި ރޯވުމުގެ ތިންވަނަ އަށް އެންމެ ނުރައްކާތެރި ހާދިސާ އެވެ.