ދުނިޔެ

ޖީ7 ސަމިޓަށް މޯދީއަށް ދައުވަތު އަރުވައިފި

Jun 4, 2020
1

ވޮޝިންގްޓަން (ޖޫން 4) - ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގުތިސޯދުތައް އޮންނަ ހަތް ގައުމު ބައިވެރިވާ "ގްރޫޕް އޮފް ސެވަން" ނުވަ ޖީ7 ގެ ވެރިންްގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ދައުވަތު، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ގަބޫލުފުޅު ކުރައްވާފައިވާ ކަމަށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިހާރު ޖީ7 ގައި ހިމެނެނީ އެމެރިކާގެ އިތުރުން ކެނެޑާ އާއި ޔޫކޭ އާއި ފްރާންސް، އިޓަލީ ޖަޕާން އަދި ޖަރުމަނެވެ.

ނަމަވެސް، މިދިއަ އަންގާރަ ދުވަހު މޯދީއަށް ފޯނުން ގުޅުއްވައި، އެ ސަމިޓުގެ ބައިވެރިވުން ފުޅާކޮށް، އިންޑިއާ ފަދަ އެހެން މުހިއްމު ގައުމުތައް ހިމަނުއްވަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

މި މަހަށް ކުރިން ތާވަލު ކުރި ސަމިޓު، އަންނަ ސެޕްޓެމްބަރު މަހަށް ފަސް ކުރަން ޓްރަމްޕް ވަނީ ނިންމަވައިފަ އެވެ. އަދި އިންޑިއާގެ އިތުރުން، ރަޝިއާ އާއި ދެކުނު ކޮރެއާ އަދި އޮސްޓްރޭލިއާ އެ ބައްދަލުވުމުގައި ބައިވެރި ކުރަން ބޭނުންފުޅުވާ ކަމަށް ވެސް ޓްރަމްޕް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.