ދުނިޔެ

އިޒްރޭލު ސިފައިންގެ ރަހުމްކުޑަ މަރެއް: މަރާލީ ފަލަސްތީނުގެ 19 އަހަރުގެ އަންހެން ކުއްޖަކު

Sep 23, 2015

ޔުނިވަސިޓީއެއްގައި ކިޔަވަމުން ދިޔަ މި އަންހެން ކުއްޖާގެ ގަޔަށް އިޒްރޭލު ސިފައިންގެ އެތައް ވަޒަނެއް އަމާޒުވިއެވެ. މެޔަށް ވެސް ބަޑި ޖަހަފައިވާއިރު އިޒްރޭލު ފުލުހުން ބުނީ މި ހަދިސާއަށް ފަހު ވަގުތުން އިޒްރޭލުގެ ހޮސްޕިޓަލަކަށް އެ ކުއްޖާ ގެންދިޔަ ކަމަށެވެ. އެކަމަކު ޕާލްމީޑިޔާ އިން އާންމު ކުރި މި ހާދިސާގެ ވީޑިއޯގައި އެ ކުއްޖާ ވަޒަންތައް އެރުމާއެކު ވެއްޓުމުން އަޅާނުލާ ކިތަންމެ އިރަކު މަރުވާން ބޭއްވުމައްފަހު ހަރުކަށި ގޮތަކަށް ނަގައިގަނެގެން ގެންދަނީއެވެ.

މި ފަހަކަށް އައިސް އަނެއްކާވެސް ފަލަސްތީން އިޒްރޭލް ހަމަ ނުޖެހުންތައް ވަނީ އިތުރުވާން ފަށާފައެވެ. އިއްޔެ ވެސް އެހެން ޒުވާނެއްވެސް އިޒްރޭލު ސިފައިން އަތުން މަރުވިއެވެ. އަލް އަގްސާ މިސްކިތުގެ ވަށައިގެން ހަމަ ނުޖެހުން އިތުރު ވެފައިވާއިރު އިޒްރޭލުން ދަނީ އިތުރު ސިފައިން މަގުތަކަށް ނެރެމުންނެވެ. އަދި ފަލަސްތީނުގެ އާންމުންނަށް އިތުރު ހަރުކަށިކަން ދައްކާނެ ކަމަށް ފާޅުގައި ބުނެ އަމަލުން އެކަން ދައްކަމުންނެވެ.