ދުނިޔެ

އެމެރިކާއިން އުސާމާ ބިން ލާދިންގެ ކުރީގެ ބޮޑީގާޑަކު މިނިވަންކޮށްފި

Sep 23, 2015

ޝަލަބީ ހައްޔަރުކުރީ 2001 ވަނަ އަހަރު ޕާކިސްތާނުގައި އެގައުމުގެ ސިފައިންނެވެ. އެއަށްފަހު އެމެރިކާއާ ހަވާލުކޮށް ބަހައްޓާފައި ހުރީ ކިޔުބާގައި ހުންނަ އެމެރިކާގެ ގުއާންޓާނާމޯ ބޭ ޖަލުގައެވެ. ޖަލުގައި ހުރި އިރު ޝަލަބީ ވަނީ ބަނޑުހައި ހޫނު ކަމުގެ ހަޅުތާލު ކޮށްފައެވެ.

ރިވިއު ޕެނަލަކުން ޝަލަބީ އިތުރަށް ހައްޔަރު ކޮށްފައި ބަހައްޓަން ނުޖެހޭ ކަމަށް ނިންމިއަސް އޭނާ އަދިވެސް ހަރުކަށި ފިކުރުގެ މީހުންނަށް ހަމްދަރުދީ ވުން ގާތް ކަމަށް ޕެނަލުން ފާހަގަ ކުރިއެވެ.

ގުއާންޓާނާމޯ ބޭ ޖަލު 2017 ގައި ޓާމު ނިމުމުގެ ކުރިން ބަންދުކުރަން އޮބާމާ ބޭނުންވެވަޑައިގަންނަވައެވެ. އެހެން ނަމަވެސް ކޮންގްރެސްގައި އޮބާމާއަށް އަދި މި މައްސަލައިގާ އެކަށީގެންވާ ތާއީދެއް ނުހޯއްދެވެއެވެ. މިހާރު މި ޖަލުގައި 114 ގައިދީން އެބަ ތިއްބެވެ. މި ޖަލިގައި އެންމެ ގައިދީން ގިނަވީ 2003 ގައެވެ.

އެ ދުވަސްވަރު 680 އަށް ވުރެ ގިނަ މީހުން މި ޖަލުގައި ތިއްބެވެ. މި ޖަލަކީ އެމްނެސްޓީއާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާ ތަކުން ކަންބޮޑުވުން ފާޅުކުރި އެތައް ހާދިސާއެއް ހިނގާފައިވާ ޖަލެކެވެ.