ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ދޮށީ މީހުން ބޭރުގައި އުޅެން 944 ފާސް ދޫކޮށްފި

އުމުރުން 60 އަހަރުން މަތީގެ މީހުން ބޭރަށް ނިކުމެ އުޅެން ހުއްދަދީފައިވާ ވަގުތުގައި ބޭރަށް ނިކުތުމުގެ ހުއްދަދީ 944 ފާހެއް ދޫކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ މަގުމައްޗަށް ނުކުމެ އުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ކުރުމަށް އެންގި އެންގުމަށް ވެސް ބަދަލު ގެނެސް ބައެއް ލުއިތައް ދީފައެވެ. އެގޮތުން 60 އަހަރުން މަތީގެ މީހުންނަށް އެހީތެރިއަކާއެކު ބޭރަށް ނުކުމެ އުޅެން ތިން ގަޑިއިރުގެ ހުއްދައެއް ވަނީ ދީފަ އެވެ. އެ ހުއްދަ ދީފައިވަނީ ފަތިހު 5:00 ފެށިގެން ހެނދުނު 8:00 އަށެވެ.

މިރޭ އެންއީއޯސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި އެސިސްޓެންޓް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވީ އުމުރުން 60 އަހަރުން މަތީގެ މީހުން ބޭރަށް ނިކުމެ އުޅެން ހުއްދަދީފައިވާ ވަގުތުގައި ބޭރަށް ނިކުތުމުގެ ހުއްދައަށް އެދުނު މީހުންގެ ތެރެއިން 944 މީހަކަށް ފާސް ދޫކޮށްފައިވާ ކަމަށެވެ.

މިއީ އެ އުމުރުގެ މީހުން ހިނގާލާ، ކަސްރަތު ކުރުމަށް ހާއްސަކޮށްފައިވާ ވަގުތުކޮޅެކެވެ. މި ވަގުތުތަކުގައި އެމީހުންނާއެކު ކުޑަކުދިންނާއި އާއިލާގެ ގިނަ ބަޔަކު ބޭރަށް ނުދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ