ވިޔަފާރި

އެސްޓީއޯ ކޮންޓްރަކްޝަން ގުދަންތައް ހުޅުވައިފި

Jun 5, 2020

ސަރުކާރުގެ އެންމެ ބޮޑު ކުންފުނި ކަމަށްވާ އެސްޓީއޯގެ ކޮންސްޓްރަކްޝަންގެ ގުދަންތައް ފިޔަވަޅުތަކެއް އަޅައިގެން ހުޅުވައިފި އެވެ.

އިމާރާތް ކުރުމަށް ބޭނުންވާ ބައެއް ބާވަތްތައް ރާއްޖެއަށް އެތެރެ ކުރާ ކުންފުނިން ބުނި ގޮތުގައި ކޮންޓްރަކްޝަންގެ ގުދަންތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.

އެސްޓީއޯގެ ކޮންޓްރަކްޝަން ގުދަންތައް ކަސްޓަމަރުންނަށް ހުޅުވާލާލި ނަމަވެސް ހިދުމަތް ދޭނީ މާސްކް އަޅައިގެން ދިއުމުންނެވެ. އެގޮތަށް އަމަލު ކުރަން ޖެހެނީ އެ ކުންފުނީގެ މުވައްޒަފުންގެ ރައްކާތެރި ކަމަށް ކަމަށް ވެސް އެ ކުންފުނިން ބުނެފައި ވެއެވެ.

އެސްޓީއޯއަކީ ރާއްޖެއަށް ކޮންޓްރަކްޝަން ބައެއް މުހިންމު މެޓީރިއަލްތައް އެތެރެކުރާ ކުންފުންޏެކެވެ. އެ ކުންފުނިން ސިމެންތި އާއި ދަގަނޑު ފަދަ ތަކެތި އެތެރެކޮށް ވިއްކަ އެވެ.