ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19 ޖެހިގެން 38 އަހަރުގެ މީހަކު މަރުވެއްޖެ

Jun 6, 2020

ކޮވިޑް-19 ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެއްޖެ އެވެ. މިއީ މި ބަލީގައި ރާއްޖެއިން މަރުވި އަށްވަނަ މީހާ އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިއަދު މަރުވެފައިވަނީ މިއަދު ހެނދުނު އައިޖީއެމްއެޗަށް ހާލު ސީރިއަސް ވެގެން ގެންދިޔަ ބަންގްލަދޭޝް މީހެއް ކަމަށެވެ. އެއީ 38 އަހަރުގެ މީހެކެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ ތެރޭގައި އެންމެ ގިނައީ ބަންގްލަދޭޝް މީހުންނެވެ.

މީގެކުރިން ރާއްޖެއިން ކޮވިޑްގަައި މަރުވެފައިވަނީ ހަތަރު ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންނެވެ. ދިވެހިންގެ ތެރޭގައި ހިމެނެނީ އުމުރުން ދުވަސްވީ މީހުންނެވެ.