ސިނަމާލެ ބްރިޖު މަތިން ފުންމާލި މީހަކު ސަލާމަތް ކޮށްފި އެވެ. ބްރިޖު މަތިން ފުންމާލާފައިވަނީ ފިރިހެނެކެވެ. ނަމަވެސް އެމީހާގެ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ފުލުހުން ބުނީ މިއަދު ހަވީރު ބްރިޖު މަތިން މީހަކު ކަނޑަށް ފުންމާލި ކަމުގެ ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ލޯންޗެއް ގޮސް އެ މީހާ ސަލާމަތް ކޮށްފައިވާ ކަމަށެވެ.
ފަރުވާދިނުމަށް މިހާރު އެމީހާ އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މީގެކުރިން ވެސް ސިނަމާލެ ބްރިޖު މަތިން ފުންމާލި މީހަކު ސަލާމަތް ކޮށްފައިވެ އެވެ. އެފަހަރު އެމީހާ ފުންމާލީ މީހަކާ ކުރި ބެޓެއްގެ ތެރެއިންނެވެ.