ހަބަރު

މަގުމަތިން ހޮވި އެއްލައްކަ ރުފިޔާ ފުލުހާ ހަވާލުކޮށްފި

އައްު އަތޮޅު ހިތަދޫ މަގެއް މަތިން ބިދޭސީ އަކަށް ފެނުނު އެއްލައްކަ ރުފިޔާ، އެ މީހާ ފުލުހުންނާ ހަވާލު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ ހިތަދޫގެ މަގެއް މަތިން ފެނުނު އެއްލައްކަ ރުފިޔާ ހިތަދޫ ޕޮލިސް ސްޓޭޝަނާ ހަވާލު ކުރީ މި މަހު ހަވަނަ ދުވަހު ކަމަށެވެ. އެ މީހާ އަކީ ބަންގްލަދޭޝްގެ ރައއްޔިތެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުންނާ ހަވާލު ކުރި ރުފިޔާ ވަނީ ހަމަ އެދުވަހު އޭގެ ވެރިފަަރާތާ ހަވާލު ކުރެވިފަ އެވެ.