މާރާމާރީ ހިންގުން

ބިދޭސީންގެ މާރާމާރީއެއްގައި އެކަކު ޒަހަމްކޮށްލައިފި

ރާއްޖޭގައި މަސައްކަތް ކުރަމުން އައި ބިދޭސީއަކު އެފަދަ އެހެން ބިދޭސީއަކަށް ރޭ ހަމަލާދީ ޒަހަމް ކޮށްލައިފި އެވެ.

ފުލުހުން ބުނީ އެއީ މަހަށް ދާން ނުކުމެ އެންދަމަން އޮތް ދޯންޏެއްގައި ތިބި ދެ ބިދޭސީއެއްގެ ދެމެދުގައި ހިނގި މާރާމާރީ އެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާ ދިނުމެއް ކަމަށެވެ. އެކަން ފުލުހާ ހަމައަށް ދިޔައީ ރޭ މެންދަމު ކަމަށެވެ.

މާރާމާރީގެ އެ ހަމަލާގައި ޒަހަމްވި މީހާއަށް މިހާރު ދަނީ ތ. ވޭމަންޑޫ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އަދި ހަމަލާ ދިން ބަންގްލަދޭޝްގެ 42 އަހަރުގެ މީހާ މިހާރު ހުރީ ހައްޔަރުކޮށްފި އެވެ.