ހަބަރު

ޒަހަމްކޮށްލި ބިދޭސީ މީހާ މަރުވެއްޖެ

މަހަށް ދާން ނިކުމެ އެން ދަމަން އޮތް ދޯންޏެއްގައި ހިންގި މާރާމާރީގައި ޒަހަމްކޮށްލި މީހާ މަރުވެއްޖެ އެވެ. މި މާރާމާރީ ހިންގާފައި ވަނީ ރާއްޖޭގައި މަސައްކަތްކުރަމުން އައި ދެ ބިދޭސީންގެ މެދުގަ އެވެ.

ފުލުހުން ބުނީ މާރާމާރީގައި އަނިޔާވި ބިދޭސީ މީހާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދު 11:59 ގައި މަރުވެފައިވާ ކަމަށެވެ.

ތޫނު އެއްޗަކުން ހަމަލާދީ މި މާރާމާރީ ހިންގާފައި ވަނީ ރޭ މެންދަމުގެ ވަގުތެއްގަ އެވެ. ޒަހަމްވި މީހާއަށް ފަރުވާދެމުން ދިޔައީ ތ. ވޭމަންޑޫ ހޮސްޕިޓަލުގަ އެވެ.

ހަމަލާ ދިން ބަންގްލަދޭޝްގެ 42 އަހަރުގެ މީހާ މިހާރު ހުރީ ފުލުހުންގެ ހައްޔަރުކޮށްފަ އެވެ.