ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

"ގެއްލުނު" ގޯތި ލިސްޓް އަނެއްކާ ނެރެފި

އިއުލާނު ކުރުމަށް ފަހު ކުއްލިއަކަށް "ގެއްލުނު" ލ. ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓު އަނެއްކާ ވެސް އާންމު ކޮށްފި އެވެ.

ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓު މި މަހުގެ ތިން ވަނަ ދުވަހު ގެޒެޓްކުރުމަށް ފަހު، އާންމުކުރިތާ 11 ގަޑިއިރު ފަހުން އެ ލިސްޓު ވަނީ ބާތިލު ކޮށްފަ އެވެ.

ގޯއްޗަށް އެދުމަށް ގަމު ކައުންސިލް އިދާރާއިން ހުޅުވި ފުރުސަތުގައި އެކަމަށް އެދުނު މީހުންގެ ތެރެއިން ގޯތި ލިބުނު މީހުންގެ ލިސްޓް މިއަދު އަނެއްކާވެސް ވަނީ ސަރުކާރުގެ ގެޒެޓްގައި އާންމުކޮށްފަ އެވެ. އެ ލިސްޓާއެކު އާންމުކުރި އިއުލާނުގައި ބުނެފައިވަނީ ލިސްޓްގައިވާ މީހުންނަށް އީމެއިލް މެދުވެރިކޮށް ގޯތި ލިބުނުކަން އަންގައިދޭ ލިޔުން ފޮނުވާނެ ކަމަށެވެ.

ގަމުން ގޯތި ލިބުނު މީހުންނަށް ގޯތި ހަވާލު ކުުރުމާއި، ގުރުއަތު ނަގަން ހަމަޖެހިފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، އާންމު ހާލަތަށް އައުމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ލިސްޓް އާންމުކުރި ނަމަވެސް އެންމެ ފަހު މަރުހަލާއާ ހަމައަށް ވެސް އޭގެ ތެރެއިން އެއްވެސް މީހެއްގެ ނަން ލިސްޓުން އުނިކުރަން ޖެހޭ ފަދަ މައްސަލައެއް ފާހަގަ ވެއްޖެނަމަ ލިސްޓުން އެ ނަމެއް އުނިކުރާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މިމަހުގެ ތިން ވަނަ ދުވަހު ގޯތި ލިބުނު މީހުންގެ ލިުސްޓު އާންމު ކުރުމަށްފަހު އެ ލިސްޓު ބާތިލްކުރި ސަބަބެއް މިވީހާތަނަށް ގަމު ކައުންސިލުން ހާމަކޮށްފައެއް ނުވެ އެވެ.

މިިދިޔަ ސަރުކާރުގެ ދުވަސްވަރު ވެސް ގަމު ކައުންސިލުން އެ ރަށުން ގޯތި ދޫކުރުމަށް މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު އެ ކަމަށް ހުއްދަ ނުދީ ހައުސިން މިނިސްޓްރީން އޭރު ހިފަހައްޓާފައި އޮތީ ރާއްޖޭގެ ބިމާ ބެހޭ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ހިލާފަށް ކައުންސިލުން ގޯތި ދޫކުރަމުންދާ ކަމަށް ބުނެ އެވެ. ގަމުން ގޯތި ދޫ ނުކުރާތާ އަހަރުތަކެއް ވެފައިވާތީ ގިނަ ބަޔަކު ވަނީ ގޯތި ހޯދަން ހުށައަޅާފަ އެވެ.