އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް،

އެކުއެޓޯރިއަލް ހޮސްޕިޓަލަށް ނަރުހުން ހޯދަނީ

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާން ކޮށްފި އެވެ.

ބުނީ އެ ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ދަށުން ހިންގާ ސިއްހީ މަރުކަޒުތަކަށް ދާއިމީ 18 ނަރުހުން ބޭނުންވާ ކަމަށެވެ. ހޮސްޕިޓަލްގެ އިއުލާނުގައިވާ ގޮތުން ބޭނުން ވަނީ ކްލިނިކަލް ނަރުހުންނާއި ރެޖިސްޓާޑް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުންނެވެ.

ކްލިނިކަލް ނަރުހުންގެ މުސާރައިގެ ގޮތުގައި 10،940 ރުފިޔާ ދޭއިރު ސީނިއާ ރެޖިސްޓާޑް ނަރުހުންނަށް އަސާސީ މުސާރަ އަކީ 10،160 ރުފިޔާ އެވެ. ރެޖިސްޓާޑް ނަރުހުންގެ މުސާރަައަކީ 9،360 ރުފިޔާ އެވެ. ނަމަވެސް ތައުލީމީ ފެންވަރަށް ބެލުމަށް ފަހު މސާރައަށް ބަދަލު އަންނާނެ ކަމަށް ވެސް އިއުލާނުގައި ބުނެފައިވެ އެވެ.

ނަރުސް ކަމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 21 ވަނަ ދުވަހުގެ 1:30 ވުމުގެ ކުރިން އެކަމަށް އެދެން ޖެހެ އެވެ.