ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މިއަދު ޕޮޒިޓިވްވީ މީހުންތެރޭ ތިން ކުޑަކުދިން

ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވީ 20 މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 20 މީހުންގެ ތެރޭގައި ހިމެނެނީ 16 ދިވެހިންނާއި ހަތަރު ބިދޭސީން ކަމަށެވެ. އެ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. މިއާއެކު ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1962 އަށް އަރާފަ އެވެ.

މިއަދު ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ދެ އަހަރުގެ ކުޑަކުއްޖަކާއި، ފަސް އަހަރުގެ ކުޑަ ކުއްޖަކާއި ހަތް އަހަރުގެ ކުޑަ ކުއްޖަކު ހިމެނެއެވެ.

އެ ތިން ކުދިންނަކީވެސް ދިވެހިންނެވެ. ކުޑަކުދިންނަށް ބަލިޖެހޭ މިންވަރު އިތުރުވާނީ އިތުރަށް ސަމާލުވުމަށް އެޗްޕީއޭއިން ދަނީ އިލްތިމާސް ކުރަމުންނެވެ.

މިއަދު ގިނަ ބަޔަކު ވަނީ ކޮވިޑުން ރަނގަޅު ވެސް ވެފައެވެ. އެގޮތުން 111 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1121 އަށް އަރާފަ އެވެ. މިވަގުތު ފަރުވާ ދެނީ 831 މީހުންނެވެ. އޭގެ ތެރެއިން 10 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލްގައެވެ.

ކޮވިޑްގައި ރާއްޖެއިން މަރުވީ 8 މީހުންނެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. ބިދޭސީން ނިސްބަތް ވަނީ ބަންގްލަދޭޝްއަށެވެ.

މިވަގުތު ކަރަންޓީންގައި ތިބީ 398 މީހުންނެވެ. އަދި އައިސޮލޭޝަންގައި ތިބީ 932 މީހުނެވެ.