ހަބަރު

22 މީހުންނާ އެކު މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި

Jan 8, 2015

22 މީހުންނާ އެކު މަހަށް ނިކުމެ އުޅުނު ކަންނެލި ދޯންޏެއް ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ "ނޫރާނީ 6" ނަމަކަށް ކިޔާ ގއ. ގެމަނަފުށްޓަށް ނިސްބަތްވާ އެ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ 8:30 ހާއިރު ކަމަށާއި އޭގެފަހުން ދޯންޏާ ގުޅިފައިނުވާ ކަމަށް އެ ދޯނީގެ ވެރިފަރާތުން ބުނާ ކަމަށެވެ. އެ ދޯނި ގެއްލުނު ކަން ވެރިފަރާތުން ކޯސްޓްގާޑަށް އަންގާފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

ދިގު މިނުގައި 100 ފޫޓް ހުންނަ އެ ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އެކަން ކޯސްޓްގާޑަށް އެންގުމަށް އެމްއެންޑީއެފުން އެދެއެވެ.