ތ. ކަނޑޫދޫ ގޮނޑުދޮށަށް އިންސާނުންގެ ކަށިތަކެއް ލައްގައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ކަނޑޫދޫ ގޮނޑުދޮށަށް މިނި ކަށިތަކެއް ލައްގާފައިވާ ކަމަށާއި މިއަދު މެންދުރު އެ ރަށު ކައުންސިލުން އެކަން ފުލުހަށް ހުށަހަޅާފައިވާތީ އެކަން ބަލަމުން ގެންދާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ ކަންކަން ބަލައި ފެނުނީ މިނިކަށިތަކުން ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަން އެ ރަށުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.