ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކެފޭ ރެސްޓޯރެންޓް

ކެފޭތައް ހުޅުވުން އަންނަ މަހު

ކެފޭ އަދި ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތް ދިނުމުގެ ފުރުސަތު އަންނަ މަހުގެ އެއް ވަނަ ދުވަހު ދިނުމަށް ނިންމައިފި އެވެ.

އެންއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ ވިދާޅުވީ އަންނަ ހޯމަ ދުވަހުން ފެށިގެން ގިނަ ލުއި ތަކެއް ދޭއިރު ކެފޭ / ރެސްޓޯރަންޓްތަކުން ޓޭކް އަވޭގެ ހިދުމަތް ދެވޭނެ ކަމަށެވެ. ނަމަވެސް އެތަންތަނަށް އާންމުންނަށް ވަދެ ތިބެވޭ ގޮތަށް ހިދުމަތް ދެވޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މީގެ އިތުރުން ޖުލައި މަހުން ފެށިގެން 10 މީހުން އެކީގައި އުޅުމުގެ ފުރުސަތާއި، ސުކޫލްތަކާއި މަތީ ތައުލީމް ދޭ މަރުކަޒުތައް ހުޅުވުމުގެ ހުއްދަ ވެސް ދޭނެ އެވެ. އަދި ސަރުކާރުގެ އޮފީސްތައް އާންމު އުސޫލުން ޖުލައި މަހުގެ ތެރޭގައި ފަށާނެ އެވެ.

މީގެ އިތުރުން މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ފުރުސަތާއި ޖިމްތަކާއި، ސެލޫންތައް ހުޅުވުމުގެ ހުއްދަ ވެސް ދޭން ވަނީ ނިންމާފަ އެވެ. އެ ހުއްދަތައް ދެމުން ގެންދާނީ އެކަމާ ގުޅުންހުރި އިދާރާތަކުގެ ބެލުމުގެ ދަށުން ޖުލައި މަހުގެ އެކި ދުވަސްތަކުގައެވެ.

މީގެ އިތުރުން ރާއްޖޭގެ ބޯޑަރު ހުޅުވާ، ޓޫރިޒަމް ފެށުންވެސް އޮތީ ޖުލައި މަހުގެ ތެރޭގަ އެވެ.