ދަނޑުވެރިކަން

ޔޫއެންޑީޕީން ރާއްޖޭގެ ދަނޑުވެރިކަމަށް 1.4 މިލިއަން ޑޮލަރު އެހީ

Jun 12, 2020
1

ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވާ ތަރައްގީ ކުރަން އެ ދާއިރާއަށް ޔޫއެންޑީޕީއިން 1.4 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 22 މިލިއަން ރުފިޔާ) ގެ އެހީއެއް ދީފި އެވެ.

އެހީގެ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން، ސޮއި ކުރެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާއި ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރު މިނިސްޓަރު ޒަހާ ވަހީދު އެވެ. އަދި ޔޫއެންޑީޕީގެ ފަރާތުން ސޮއި ކުރެއްވީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އަކީކޯ ފޫޖީ އެވެ.

ޔޫއެންޑީޕީގެ "ސަސްޓެއިނަބަލް އިކޮނޮމިކް އެމްޕަވާމަންޓު އެންޑް ޑިވެލޮޕްމަންޓް ދަ އެސްއެމްއީސް" ސީޑް ޕްރޮޖެޓްގެ ދަށުން ރާއްޖެއަށް ދިން މި އެހީތެރިކަން ފޯރުކޮށް ދޭނީ، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ގާއިމްކޮށްފައިވާ އެގްރޯ ނެޝަނަލް ކޯޕަރޭޝަން އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން އަދި ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އަދި މޯލްޑިވްސް ޕޮލިޓެކްނިކް މެދުވެރިކޮށް، 2000 ފަރާތަށެވެ.

ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް ލިބިފައިވާ ގެއްލުން ކުޑަ ކުރަން ސަރުކާރުން ދަނީ ބޭރުން އެހީ ހޯދަމުންނެވެ. މިގޮތުން ދުނިޔޭގެ މާލީ އިދާރާތަކުން 200 މިލިއަން ޑޮލަރު ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ.