ހަބަރު

މާލޭގައި 11 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

Jun 12, 2020

މާލޭގެ ގެސްޓް ހައުސެއްގައި 11 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފި އެވެ.

އެނގިފައިވާ ގޮތުގައި އެ ކުއްޖާ ރޭޕްކޮށްފައިވަނީ މާލޭގެ ގެސްޓް ހައުސެއްގައި މިދިއަ ބުދަ ދުވަހެވެ.

އެފަދަ މައްސަލައެއް ބަލަމުން އަންނަ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އަދި މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި އޮތް ދަނޑިވަޅެއްގައި، ކުޑަ ކުއްޖަކު ގެސްޓް ހައުސަށް ގެންދެވުނު ގޮތެއް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މިދިޔަ މަހު ފަހުކޮޅު ވެސް ވަނީ އުމުރުން 16 އަހަރު ވެސް ނުވާ ކުއްޖެއްގެ އާއިލާ އަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި ރޭޕް ކުރި މައްސަލައެއް ފެންމަތިވެފަ އެވެ.

އެ މައްސަލަވެސް ތަހުގީގު ކުރަމުންދާއިރު، އެ ކުއްޖާ ރަށުން ގެނައުމުގައި ބޮޑެތި އޮޅުވާލުންތަކާއި، ބިރުދެއްކުމާއި ބިރުދެއްކުމުގެ ކަންތައްތަކެއް ހިމެނޭކަމަށް ފުލުހުން ބުނެފައިވެ އެވެ.