ރާއްޖެ ކުޅިވަރު

އީގަލްސް ބަލިކޮށް ގައުމީ ފައިނަލަށް ނިއު

Sep 26, 2015

އެންމެ ފަހުގެ ފައިނަލް ކުޅުނު ދެ ޓީމު ކަމަށް ނިއުރޭޑިއަންޓާއި އީގަލްސް މިއަދު އައްޑޫ ސިޓީގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗު 2-1އިން ކާމިޔާބުކޮށް ޗެމްޕިއަން ނިއު ފައިނަލަށް ދަތުރުކޮށްފި އެވެ.

އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއު މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ މެޗު ނިމެން ހަތް މިނިޓަށްވެފައިވަނިކޮށް ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) އެވެ. އޭނާ މި ލަނޑު ޖެހީ ފުރަތަމަ ހާފުގައި ރިލްވާން ވަހީދު (ކަކާ ރިލޭ) ޖެހި ލަނޑުން ނިއު ކުރީގައި އޮއްވައި 79 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން އީގަލްސް އެއްވަރުކުރިތާ މާގިނައިރެއްނުވަނީހެވެ. ނިއުގެ ކީޕަރު އަލީޝާ އަހްމެދޯވް ކުރި ފައުލަކާ ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އީގަލްސް އަށް ކާމިޔާބުކޮށްދިނީ ސިއަރަލިއޯނުގެ ފޯވަޑް އަބޫޑެސްމަންޑް މަންސާރީ އެވެ.

ނިއު އަކީ ހދ. ކުޅުދުއްފުއްޓާއި އައްޑޫސިޓީގައި ކުޅުނު މުބާރާތުގެ ގްރޫޕް މެޗުތަކަށްފަހު ގްރޫޕް އޭއިން އެއްވަނަ ހޯދި ޓީމެވެ. އީގަލްސް އަކީ އައްޑޫ ސިޓީގައި ކުޅުނު ގްރޫޕް ބީގެ ދެ ވަނަ ޓީމެވެ. އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކުޅޭ މުބާރާތުގެ ފައިނަލް ކުޅޭނެ ދެ ވަނަ ޓީމެއް ޔަގީންވާނީ މާދަމާ ހަވީރު މާޒިޔާ އާއި ޓީސީ ބައްދަލުކޮށް މޮޅުވާ ޓީމެކެވެ. މާޒިޔާ އަކީ ގްރޫޕް ބީގެ އެއްވަނަ ޓީމެވެ. ޓީސީ އަކީ ގްރޫޕް އޭގެ ދެ ވަނަ ޓީމެވެ.