ބަލިނުވެ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން ޔުނައިޓެޑް ވިކްޓަރީ ދިވެހި ޕްރެމިއާ ލީގުން ޖާގަ ހޯދައި، ގްރީން ސްޓްރީޓަށް ޕްލޭއޯފް ކުޅެން ޖެހިއްޖެ އެވެ.
އެފްއޭއެމުގެ މުބާރާތްތަކުގެ ފޯމެޓަށް ގެނެސްފައިވާ ބަދަލުތަކުގެ ތެރޭގައިވާ ގޮތުން މި އަހަރު ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަން ޓީމަށް ރެލިގޭޝަން ނުކުޅެ ދިވެހި ޕްރެމިއާލީގުން ޖާގަ ލިބޭނެ އެވެ. އަދި ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމަށް ޕްރެމިއާ ލީގަށް ކޮލިފައިވުމަށް ޕްލޭއޯފް މެޗެއް ކުޅުމުގެ ފުރުސަތު ދޭނެ އެވެ. މި ފުރުސަތު ގްރީން ސްޓްރީޓަށް ލިބުނުއިރު އެ ޓީމަކީ ދެ ވަނަ ޑިވިޝަނުގެ ހަތަރު ވަނަ ޓީމެވެ. ނަމަވެސް އެ ޓީމަށް ފުރުސަތު ލިބުނީ ދެ ވަނަ ހޯދި ޕޮލިސް ކުލަބާއި ތިން ވަނަ އަށްދިޔަ އެމްއެންޑީއެފަށް ފުރަތަމަ ޑިވިޝަނުން ޖާގަ ނުދޭން އެފްއޭއެމުން ނިންމާފައިވާތީ އެވެ.