ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ފޮރިން މިނިސްޓްރީ

ނޭޕާލުން އަންނަން ބޭނުންވާ ދިވެހިން އަންގަން އެދެފި

ނޭޕާލްގައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން އެކަން އެންގުމަށް ފޮރިން މިނިސްޓްރީން އެދެފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިމަހުގެ 15 އަދި 16 ވަނަ ދުވަހު ނޭޕާލުން ރާއްޖެއަށް އަންނަ ފްލައިޓްތަކުގައި ރާއްޖެ އަންނަން ބޭނުންވާ ދިވެހިންނަށް ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ފްލައިޓްތަކަށް ރާއްޖެ އައުމަށް ބޭނުންވާ ހުއްދަ ދިނުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ.

އެ މިނިސްޓްރީން ބުނީ މިވަގުތު ނޭޕާލުން ރާއްޖެއަށް އަންނަން އެދިފައި ތިބީ ތިން ދިވެހިން ކަމަށާ ނޭޕާލުން ރާއްޖެ އަންނަން ބޭނުންވާ ދިވެހިން ޕާކިސްތާނުގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނަށް އެންގެމަށް އެދޭ ކަމަށެވެ.