ދުނިޔެ

އިންޑިޔާގެ މާސް މިޝަން "ދިހަ ގުނަ އަގުހެޔޮ"، މާ ކާމިޔާބު

Sep 27, 2015

މާސްގެ އޯބިޓްގައި ޓެސްޓުތައް ކުރުމަށް އިންޑިޔާއިން އުޅަނދެއް ފޮނުވިތާ އަހަރެއް ވީއެވެ. އިންޑިޔާ އަކީ މާސް އަށް މިޝަނެއް ފޮނުވުން އެއްބުރުން ކާމިޔާބުކުރި ހަމަ އެކަނި ގައުމެވެ.

އިންޑިޔާގެ ކުރިން މާސްގައި މިޝަންތައް ގާއިމް ކޮއްފައިވާ ފަރާތް ތަކަކީ ރަޝިޔާ، އެމެރިކާ އަދި ޔޫރަޕްގެ ސްޕޭސް އޭޖެންސީ އެވެ.

އިންޑިޔާގެ މާސް މިޝަން މަންގަލިޔާން އެމެރިކާގެ މިޝަނނަށް ވުރެ ދިހަ ގުނަ އަގު ހެވެވެ. އިންޑިޔާ ހަރަދު ކުރީ 74 މިލިއަން ޑޮލަރެވެ. މަންގަލިޔާން ގެ ބޭނުމަކީ މާސްގެ ބިމާއި މިނަރަލް ތަކާއި މާސްގެ އެޓްމޯސްފިޔާގެ މާހައުލު ހޯދާ ބެލުމެވެ.

ޔުނައިޓެޑް އެރެބް އެމިރޭޓްސް އިން މަސައްކަތް ކުރަމުން ދަނީ 2020 ގައި މާސްއަށް ތަހުލީލުކުރާ އުޅަނދެއް ފޮނުވާށެވެ. މާސް އަށް ދިއުމަށް 8 މަސް ދުވަސް ނަގާ ނާސާއިން، ބޭނުންވަނީ ދަތުރު ދެބައިކުޅައެއްބަޔަށް ކުރު ކޮއްލާށެވެ.

އިންސާނުން ބިމުގެ ސަތަހައިން ބޭރަށް ގޮސް ކާއިނާތުގެ އެކި ހިސާބުތަކުން މައުލޫމާތު އެއްކުރުމަށް ކުރާ މަސައްކަތުގައި މާސްއަށް ބޮޑު ސަމާލު ކަމެއް ދެއެވެ. އެއީ އަހަރެމެންގެ ބިމާ އެއްގޮތް ކަންތައްތަކެއްހުރި ޕްލެނެޓަކަށް ވެފައި މުޅި ކޮސްމޯސްއަށް ބަލާއިރު މާސް ކައިރި ވެސް ވީމައެވެ.

ދުނިޔޭގެ ސައިންސް ކޮމިއުނިޓީގައި މާސްއަށް އިންސާނުން ފޮނުވަނެ ކަނޑައަޅާ ޑެޑްލައިން އަކީ 2030 އެވެ. އެންމެ ބޮޑު ޗެލެންޖަކީ އޮކްސިޖަން ކަމައްވާއިރު ނާސާ އިން ބުނަނީ އެލްގީ އާއި ބެކްޓީރިއާ ބޭނުން ކޮއްގެން ހައްލެއް ހޯދިދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށެވެ.