ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

94 މީހުން ގަދަވެ، 22 މީހުން ބަލިވެއްޖެ

މިއަދުގެ މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 22 މީހުން ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން މިރޭ ބުނީ ކޮވިޑަށް ޕޮޒިޓިވްވި 22 މީހުންގެ ތެރޭގައި ހިމެނެނީ ނުވަ ދިވެހިންނާއި 13 ބިދޭސީން ކަމަށެވެ. އެއީ ބަންގްލަދޭޝްގެ ނުވަ މީހަކާއި އިންޑިއާ މީހެއްގެ އިތުރުން ނޭޕާލްގެ ދެ މީހަކާއި ތައިލެންޑް މީހެކެވެ. މި 22 މީހުންނާއެކު ރާއްޖޭގެ އަދަދު ވަނީ 2,035 އަށް އަރާފައެވެ.

ކޮވިޑް ޖެހުނު މީހުންގެ ތެރެއިން ގިނަ ބަޔަކު މިއަދު ވަނީ ރަނގަޅުވެފަ އެވެ. އެގޮތުން 94 މީހަކު ވަނީ ރަނގަޅުވެފަ އެވެ.

މިހާތަނަށް ރާއްޖެއިން ރަނގަޅުވީ މީހުންގެ އަދަދު ވަނީ 1311 އަށް އަރާފައެވެ. މިވަގުތު ފަރުވާ ކުރަމުންދަނީ 714 މީހުންނެވެ. އައިސޮލޭޝަންގައި ތިބީ 462 މީހުންނެވެ. ކަރަންޓީންގައި ތިބީ 341 މީހުންނެވެ.

ކޮވިޑް ބަލީގައި ރާއްޖެއިން އަށް މީހަކު ވަނީ މަރުވެފަ އެވެ. އެއީ ހަތަރު ދިވެހިންނާއި ހަތަރު ބިދޭސީންނެވެ.