ހަބަރު

މީހަކަށް އަނިޔާ ކުރި މައްސަލައެއްގައި ތިން ފުލުހަކު ވަކިކޮށްފި

Jun 16, 2020
7

އާންމު މީހަކަށް އަނިޔާ ކުރި މައްސަލައެއްގައި ތިން ފުލުހަކު ވަޒީފާއިން ވަކިކޮށްފި އެވެ.

ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އޮގަސްޓު 5، 2019 ގައި އާންމު ރައްޔިތަކަށް ހަމަލާ ދިން މައްސަލައެއް ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑުން އިއްޔެ ތިން ފުލުހަކު ވަކިކޮށްފައިވާ ކަމަށެވެ. އޭގެ އިތުރުން އިތުތު އެހެން ފުލުހެއްގެ މަގާމް ދަށްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަމީދު ވިދާޅުވީ އެ ފިޔަވަޅުން ފުލުހުންގެ އިދާރާ އިސްލާހު ކުރުމުގެ މަސައްކަތް ފެންނަ ކަމަށެވެ. އަދި އެ ފުލުހުންގެ ކަންކަން ހަރުދަނާ ކުރުމުގެ މަސައްކަތަކީ ކުރެވޭނެ ކަމެއް ކަމަށާާއި އެހެން ނަމަވެސް އެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަމަލީ ގޮތުން މަސައްކަތް ކުރުން ރަނގަޅުވާނެ ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބު ވާނެ ކަމާ މެދު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.

ފުލުހުންގެ ދިފާއުގައި ސީޕީ މިހެން ވިދާޅުވީ، ރައްޔިތުން މަޖިލީހުގައި ފުލުހުންގެ ބަހުސްއަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ މެންބަރުން އެ އިދާރާއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި ވަނިކޮށެވެ. އަދި ފުލުހުން ފެބްރުއަރީ 8، 2012 ގައި އެމްޑީޕީގެ މެންބަރަކަށް އަނިޔާ ކުރާ ވީޑިއޯއެއް ވެސް މަޖިލީހުގެ ތަޅުމުގައި އެޅުވި އެވެ. އޭގެ އިތުރުން ފުލުހުންނަށް ޓޭޒާ ގަން ދިނުން ކުށްވެރިކޮށް އެކަމާ ގުޅޭ ގޮތުން ވެސް މަޖިލީހުގައި ދަނީ ހޫނު ބަހުސެއް ކުރަމުންނެވެ.