ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މޯލްޑިވިއަން އިން އެކްސްޕްރެސް ކާގޯގެ ހިދުމަތް އަލުން ފަށައިފި

މެދުކަނޑާލާފައި އޮތުމަށް ފަހު، މޯލްޑިވިއަން އެކްސްޕްރެސް ކާގޯގެ ހިދުމަތް އަލުން ފަށައިފި އެވެ. މި ހިދުމަތް ހުއްޓާލާފައި އޮތީ ކޮވިޑް-19 އާ ގުޅިގެނެވެ.

މޯލްޑިވިއަން އެކްސްޕްރެސް ކާގޯގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކޮވިޑް-19 އިގެ ލޮކްޑައުން ލުއި ކޮށްދީ ޑޮމެސްޓިކް ފްލައިޓްތައް ފެށުމުން އަލުން ކާގޯގެ ހިދުމަތް އަލުން ފަށަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އިން މެންދުރުފަހު 2:30 އަށް އައިފާނު ބިލްޑިންގައި ހުންނަ އެކްސްޕްރެސް ކާގޯގެ އޮފީސް ހުޅުވިފައި ހުންނާނެ ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ މިހާރު ކާގޯ ހިދުމަތް ދޭން ނިންމާފައި ވަނީ އަވަހަށް ހަލާކުވާ ޕެރިޝަބަލް ކާގޯގެ ބާވަތްތަށް އެކަނި ކަމަށެވެ. އަދި ކޮންމެ ދުވަހަކު ވެސް ނަގާނީ މީހަކަށް 10 ކިލޯގެ ކާގޯ ކަމަށެވެ.

ރާއްޖޭން ކޮވިޑް-19 ފެނުމާއެކު، ޑޮމެސްޓިކް އެއާޕޯޓުތައް ވެސް ބަންދުކުރި އެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ވަނީ ޑޮމެސްޓިކް އެއާޕޯޓުތައް ހުޅުވާލާ ދަތުރުތައް ފަށާފަ އެވެ.