ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މާފަރަށް އޭ321 ބޯޓު ޖައްސައި ބޭރު ދަތުރުގެ ޔަގީންކަން

Jun 16, 2020
13

މާފަރު އެއާޕޯޓަށް، މޯލްޑިވިއަން އޭ 321 ގެ ބޯޓު ޖައްސައި، އިންޓަނޭޝަނަށް ދަތުރު ތަކަށް އެ އެއާޕޯޓް ހުޅުވާލެވިދާނެ ކަމުގެ ޔަގީންކަން ދީފި އެވެ.

ސަރުކާރުން ދަނީ ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، ވެލާނާ އިންޓަނޭޝަނަލް (ވީއައިއޭ) ނޫން އެއާޕޯޓެއް ހުޅުވަން މަސައްކަތް ކުރަމުންނެވެ. މިގޮތުން ސަރުކާރުން ހުއްދަ ދޭން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ފިރިކަލުން އަދި ސަރުކާރު ކޯލިޝަން ޕާޓްނަރެއް ކަމަށްވާ ގާސިމް އިބްރާހިމްގެ، މާމިގިލި އެއާޕޯޓެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައިވަނީ މާފަރުގައި ހަދާފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ބޮޑެތި ބޯޓު ފަހަރު ޖެއްސޭނެ ދުވަހެއް ބުނަން ނޭނގޭ އެވެ. އަދި އެ މިނިސްޓްރީން ބުނެފައިވަނީ މާފަރު އެއާޕޯޓަކީ "ފުލީ އިންޓަނޭޝަނަލް" އެއާޕޯޓެއް ނޫން ކަމަށެވެ.

މޯލްޑިވިއަން އިން މިއަދު ވަނީ އެ ކުންފުނިން ޗާއިނާއަށް ދަތުރު ކުރަން ބޭނުން ކުރާ 200 މީހުން އުފުލޭ އެއާބަސް އޭ 321 ގެ ފްލައިޓެއް މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފަ އެވެ. މި ފްލައިޓުން ގިނަ ބަޔަކު ވަނީ މާފަރަށް ގެންގޮސްފަ އެވެ. މިއީ މޯލްޑިވިއަން އިން ރަށްރަށުގައި ކަރަންޓީން ވާން، އެއް ދުވަހެއްގެ މަތިން އެންމެ ގިނަ މީހުން ގެންދިޔަ ދުވަހެވެ.

މާފަރުގައި އެއާޕޯޓެއް ހެދީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސިންގަޕޫރުގެ ޓަފް ކުންފުނިންނެވެ. މި އެއާޕޯޓުގައި ޓާމިނަލް އާއި މި ނޫންވެސް ވަސީލްތައް ހުރެ އެވެ.

އެއާޕޯޓަށް ފަންޑުކޮށްފައި ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިންނެވެ. މިއީ އަބޫދާބީ ފަންޑުގެ 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ ތަނެކެވެ. މި އެއާޕޯޓު ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ.