ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޓޫރިޒަމް ސީޒަންގައި މާފަރު އެއާޕޯޓަށް 40 ޖެޓް

ކުރިއަށް އޮތް ޓޫރިޒަމް ސީޒަންގައި މާފަރު އިންޓަނޭޝަނަލް އެއާޕޯޓް (އެމްއައިއޭ) އަށް ޖައްސަން 40 ޕްރައިވެޓް ޖެޓަކުން ޖާގައަށް އެދިއްޖެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޖެނެރަލް މެނޭޖަރު މުމްތާޒް އަލީ އަވަސް އަށް މިއަދު ވިދާޅުވި ގޮތުގައި އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ ފަސް ވަނަ ދުވަހުގެ ނިޔަލަށް 40 ޖެޓެއް ސްލޮޓް ހޯދން އެދިފައިވާ ކަމަށެވެ. އަދި މިހާރު ވެސް ޖެޓު ޖެއްސުމަށް ބޮޑު ޑިމާންޑެއް އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެވްރެޖުކޮށް 6 ނޫނީ 7 ޖެޓް ދުވާލަކު އާދޭ. ބައެއް ފަހަރު ޖެޓް ޕާކު ކުރަން ޖާގަ ލިބުމުގައި ވެސް ދަތި ތަކެއް ކުރިމަތިވޭ،" މުމްތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޖެޓު ތަކަށް އޮތް ޑިމާންޑު މަތިވެ، ޕާކު ކުރަން ޖާގަ ނުލިބޭތީ ބައެއް ޖެޓުތައް ސ. ގަން އިންޓަނޭޝަނަލް އެއާޕޯޓުގައި ވެސް ޕާކު ކުރަމުން ގެންދާ ކަމަށެވެ.

"ގިނައިން މި އަންނަނީ މި ސަރަހައްދުގެ ކައިރީގެ ރިސޯޓު ތަކަށް އަންނަ މީހުން. އެނގިފައިވާ ގޮތުގައި ކައިރީގެ ބައެއް ރިސޯޓުތައް މިހާރު ވަނީ ފުލްވެފައި،" މުމްތާޒު ވިދާޅުވި އެވެ.

މާފަރު އެއާޕޯޓް އޮންނަ ނ. އަތޮޅަކީ ދުނިޔޭގެ އެންމެ އަގު ބޮޑެތި ރިސޯޓުތައް ހުރި ސަރަހައްދެވެ. މި ސަރަހައްދުގައި އޮންނަ ގިނަ ރަށްތަކަކީ ދުނިޔޭގެ މަޝްހޫރު މީހުންނާއި މަހުޖަނުން ޗުއްޓީ ހޭދަ ކުރާ ތަންތަނެވެ. މި އެއާޕޯޓަށް މިދިޔަ މަހުގެ މެދުތެރޭގައި ވެސް ގިނަ އަދަދެއްގެ ޖެޓް އައިސްފައިވެ އެވެ. އެއް ދުވަހެއްގެ މައްޗަށް އަށް ޖެޓު ޕާކު ކޮށްފައިވެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަބޫދާބީ ފަންޑުން 60 މިލިއަން ޑޮލަރު ހޭދަކޮށްގެން ހިލޭ އެހީގެ ގޮތުގައި ހަދާފައިވާ މާފަރު އެއާޕޯޓް ތަރައްގީ ކޮށްފައިވަނީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ފެންވަރަށް 2،200 މީޓަރު ދިގު އަދި 40 މީޓަރު ފުޅާ ރަންވޭއެކުގަ އެވެ. ރަންވޭގެ އިތުރުން ޓާމިނަލް އާއި ލައުންޖެއްވެސް މިތަނުގަ ހުރެ އެވެ.