ދުނިޔެ

ރެފިއުޖީންތަކެއް އަނެއްކާ ވެސް ގެނބިގެން މަރުވެއްޖެ

Sep 27, 2015

ބެލެވޭ ގޮތުގައި މިއީ ހުސް ސީރިޔާ މީހުންނެވެ. މަރުވި މީހުންގެ ތެރޭގައި ފަސް އަންހެނުންނާއި ފަސް ކުޑަކުދިން ހިމެނެއެވެ.

ބޯޓު ފެތުނު އިރު މި މީހުން ތިބީ ބޯޓު އަޑީގައި ކެބިން އެއްގައެވެ. އަދި އާދިއަށް ދިޔަ ވަގުތު ކެބިން އިން ނުނިކުމެވި ތާށިވީ ކަމަށް ހަބަރު ލިބެއެވެ. ހަމަ މި ބޯޓުގެ ޑެކު މަތީ ތިބި ވިހި މީހުން ވަނީ މި ހާދިސާގައި ސަލާމަތް ވެފައެވެ. އެމީހުން ތިބީ ލައިފް ޖެކެޓް އަޅައިގެންނެވެ.

މި ބޯޓު ތުރުކީން ނައްޓާލީ އަލާން ކުރުދީ (ތުރުކީއަށް ލައްގާފައި އޮތް ކުޑަ ކުއްޖާ) ލައްގާފައި އޮތް ބީޗާ ކައިރި ހިސާބަކުންނެވެ. އަލާން ތުރުކީގެ ބީޗަކަށް ލައްގައި މޫނު ވަތަށް މަރުވެފައި އޮތް ފޮޓޯ އާއި ގުޅިގެން ސީރިޔާ ރެފިއުޖީންގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން އިތުރުވިއެވެ.

މި އަހަރު ފެށުނު ފަހުން ތިން ލައްކަ އަށް ވުރެ ގިނަ ރެފިއުޖީން ގްރީސްއަށް އެތެރެ ވެއްޖެއެވެ. މީގެ ތެރެއިން ގިނަ މީހުން ދަނީ ތުރުކީން ފުރައިގެންނެވެ. ތުރުކީން ފުރައިގެން ގޮސް ފޯރާ ހިސާބުގައި ގްރީސްގެ އެތައް ރަށެއް އޮންނަ އިރު މި ނުރައްކާތެރި ދަތުރަށް ކޮންމެ ދުވަހަކު އެތައް ބަޔަކު ކުރިމަތި ލައެވެ.