ރާއްޖެ ކުޅިވަރު

ނިއުއާއެކު ފައިނަލަށް މާޒިޔާ

Sep 27, 2015

ޕެނަލްޓީ ޖަހައިގެން ޓީސީ 4-2 އިން ބަލިކޮށް ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ނިއު ރޭޑިއަންޓާ ވާދަކުރުމުގެ ފުރުސަރު މާޒިޔާ މިއަދު ހޯދައިފި އެވެ.

މެޗުގެ ފުރިހަމަ ވަގުތުގައި 0-0އިން މެޗު އެއްވަރުވުމުން ނަތިޖާ ނެރުމަށް ޖެހި ޕެނަލްޓީތަކުގެ ތެރެއިން ޓީސީ އަށް ކާމިޔާބު ކުރެވުނީ އެ ޓީމުގެ ބިދޭސީ ދެ ކުޅުންތެރިން ޖެހި ޕެނަލްޓީ އެވެ. އެ ޓީމުގެ ނާއިޒް ހަސަން އާއި އަލީ ނާފިއު (ކަޅޭ) ޖެހި ޕެނަލްޓީ މާޒިޔާގެ އިސްކޮޅުދިގު ކީޕަރު ޕަވެލް ވަނީ ދިފާއުކޮށްފަ އެވެ. މާޒިޔާގެ ފުރަތަމަ ޕެނަލްޓީ މުހައްމަދު އިރުފާން އަތުން ނާކާމިޔާބުވި ނަމަވެސް އޭގެ ފަހުން މޫސާ ޔާމީން އާއި އަހުމަދު ނާޝިދު (ނާއްޓޭ) އަދި އަދި ސަމްދޫހު މުހައްމަދާއި މުހައްމަދު އުމޭރު ބޯޅަ ގޯލަށް ވައްދާލި އެވެ. އުމޭރު މާޒިޔާގެ ފަހު ޕެނަލްޓީ ކާމިޔާބުކުރީ މެޗުގެ 80 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އޭނާގެ އަތުން ނާކާމިޔާބުވެފައިވަނިކޮށެވެ.

ނިއު އާއި މާޒިޔާގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އައްޑޫ ސިޓީގަ އެވެ. އެންމެ ފަހުގެ ތިން އަހަރުގެ ޗެމްޕިއަން ނިއު ފައިނަލަށް ދިޔައީ އިއްޔެ ހަވީރު އީގަލްސް 2-1އިން ބަލިކޮށްފަ އެވެ.