އޮފްބީޓް

އޮންލައިން ކްލާސްތައް ނަގައިދެނި ސުޕަހީރޯ ހެދުމުގައި

ބައެއް ފަހަރަށް ޖޯގޭ މަނޯލޯ ވިލަރޯލް އަކީ ސްޕައިމޭން އެކެވެ. އަނެއްބައި ފަހަރަށް ފްލޭޝް އެވެ. އަދި އަނެއް ބައި ފަހަރު ގްރީން ލެންޓާން އެވެ.

މި ހުރިހާ ސުޕަހީރޯ ކެރެކްޓާއަކަށް ވާއިރުވެސް ހަގީގަތުގައި އޭނާއަކީ ޓީޗަރެކެވެ. ސުޕަހީރޯ ކޮސްޓިއުމް ލުމަކީ ޖޯގޭ ކުޑައިރުއްސުރެ މާ ކުރާހިތްވާ ކަމެކެވެ. އޭނާގެ ހުވަފެނެކެވެ. އެހެންކަމުން ލޮކްޑައުންގެ ސަބަބަން އޮންލައިން ކްލާސްތައް ނަގައިދޭން ޖެހިފައިވާއިރު ކޮންމެ ދުވަހަކުވެސް އޭނާ ކްލާސް ނަގާދޭއިރު ހުންނަނީ މިފަދަ ތަފާތު ސުޕަހީރޯ އަކަށް ހެދިގެންނެވެ.

އޭނާގެ ކްލާސްތަކުގެ މަގްބޫލުކަން ބޮޑުވެގެން އެއްބަނޑު އެއްބަފާ ކުދިން ވެސް ލެޕްޓޮޕް ހޯދަން އެކަކު އަނެކަކާ ތަޅާފޮޅާ ހިސާބަށް ދެއެވެ. އެހާވެސް ކުދިންނަށް އޭނާގެ ކްލާސް މަގްބޫލެވެ. މި ކުދިން އެކި އެކި ޓެކްނިކަލް އެހީތެރިކަން ވެސް ޓީޗަރަށް ފޯރުކޮށްދެ އެވެ. އޭނާގެ ކިޔަވައިދިނުން ޝައުގުވެރިކަމުންނެވެ.

"އެ ކުދިން އަހަންނަށްވުރެ ކުރިން ވާޗުއަލް ކްލާސްތަކަށް އަންނާނެ. އަދި އަހަރެން އެ ދުވަހަކު އަޅާނީ ކޮން ސުޕަހީރޯއެއްގެ ކޮސްޓިއުމްތޯ ލަފާކޮށްފައި ސްކްރީނުގައި ލިޔާނެ،" ޖޯގޭ ބުންޏެވެ.

ޖޯގޭ، 33، ވާހަކަ ދައްކާއިރުވެސް ކުޑަ ކުއްޖެއްގެ ހުންނަ ކަހަލަ ގޮތްތަކެއް ހުރެ އެވެ. އަދި އޭނާގެ ޒަމާނީ ކްލާސް ރޫމުގައި ގިނަ އަދަދެއްގެ ސުޕަހީރޯ ކޮސްޓިއުމްތައް ބަހައްޓާފައި ހުރެ އެވެ.

ޖޯގޭ އަކީ ބޮލީވިއާގެ ވެރިރަށުގައި އޮންނަ ވަރަށް ފަގިރު ހިސާބެއްގައި ދިރިއުޅޭ މީހެކެވެ. އޭނާ އަކީ އާޓް ޓީޗަރެކެވެ. އޭނާ ކިޔަވައިދެނީ އުމުރުން 9 އަހަރާއި 14 އަހަރާ ދެމެދުގެ ކުދިންނަށެވެ.

ޖޯގޭގެ ދިރިއުޅުން ފަގީރަސް އޭނާ ކިޔަވައިދެނީ ތަންކޮޅެއް މުއްސަނދި މީހުން ދަރިން ކިޔަވަން ފޮނުވާ ސްކޫލަކަށެވެ.
ޖޯގޭ އަކީ ޒުމްބާ އިންސްޓްރަކްޓަރެއް ވެސް މެއެވެ. އެހެންކަމުން އޭނާގެ ކްލާސް ކޮންމެ ދުވަހަކުވެސް ފެށެނީ ޒުމްބާ ސްޓައިލްގެ ވޯމްއަޕް އަކުންނެވެ.

އޭނާގެ އޮންލައިން ކްލާހުގައި 45 ކުދިން ބައިވެރިވެ އެވެ. ޖޯގޭ ބުނި ގޮތުގައި އޭނާގެ ހުރިހާ ސުޕަހީރޯ ކޮސްޓިއުމެއް ތައްޔާރުކުރަނީ އަމިއްލައަށެވެ. ކަރަންޓީނުގެ ސަބަބުން ބޭރަށް ނުދެވޭތީ ކޮސްޓިއުމްތަކުގެ ފެންވަރު ރަނގަޅުކުރަން އިތުރު މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށް ޖޯގޭ ބުންޏެވެ.

ބޮލީވިއާ އަކީ ސައުތު އެމެރިކާގެ އެންމެ ފަގީރު ގައުމެވެ. އެހެންކަމުން އިންޓަނެޓު ލަސްވެފައި އަގުބޮޑެވެ. އަދި އިންޓަނެޓު ލިބެނީ ވެސް ބޮޑެތި ސިޓީތަކާއި ޓައުން ތަކަށެވެ. ފަގީރު ހިސާބުތަކަކަށް ނުލިބެ އެވެ. ރަށްފުށުގެ ބައެއް ހިސާބުތަކުގައި އަދި ކިރިޔާ ކަރަންޓް ލިބެން ފެށީ އެވެ. ޓީވީ އާއި ވެސް އެމީހުންނަށް ވަނީ އާ އެއްޗަކަށެވެ.

ޖޯގޭ ބުނި ގޮތުގައި އޭނާގެ ދަރިވަރުންގެ ތެރޭގައި ވެސް ރަނގަޅު ފޯނެއް ނެތް ކުދިން ވެސް ބައިވަރެވެ. ނަމަވެސް އޭނާ ހުރިހާ ކުދިންނަށް ވެސް ކިޔަވައިދިނުމުގެ މަސައްކަތް ކުރާނެ އެވެ.