ހަބަރު

ބިދޭސީއަަކަށް އަނިޔާކުރި މައްސަލާގައި އަށް ފުލުހަކަށް ދައުވާކުރަނީ

ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ހިންގި އޮޕަރޭޝަނެއްގައި ބިދޭސީއަކަށް އަނިޔާކުރި މައްސަލާގައި 11 ފުލުހެއްގެ މައްޗަށް ޖިނާއީ ތަހްގީގެއް ހިންގައި ދައުވާ ކިރުމަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ ޑީީއީޑީ އޮޕަރޭޝަނެއްގެ ތެރެއިން ފުލުހުން ތަކެއް ބިދޭސީ އަކަށް އަނިޔާ ކުރި މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް 11 ފުލުހެއްގެ މައްޗަށް ދައުވާ ކުރުމަށް އެދި ފޮނުވާފައިވާ ކަމަށެވެ. ޢަދި މީގެ ތެރެއިން އަށް ފުލުހެއްގެ މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.

މި މައްސަލައިގައި ދައުވާ ކުރުމަށް އެދި ފޮނުވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގައި ކަމަށް ފުލުހުން ބުންޏެވެ.

އިތުރަށް ބުނީ، މައްސަލައިގައި ހިމެނޭ ފުލުހުންނަކީ ކްރައިމް ކޮމާންޑަށް ނިސްބަތްވާ ފުލުހުން ކަމަށްވާތީ، ތަހުގީގު ކުރިއަށް ގެންގޮސްފައިވަނީ ކްރައިމް ކޮމާންޑަށް ނިސްބަތްނުވާ އައިއޯއިންގެ މައްޗަށް އެކުލަވާލި ހާއްސަ ޓީމަކުންކަމަށެވެ.

ފުލުހުންތަކަކަށް ދައުވާ ކުރަން ނިންމާފައިވަނީ މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި މ. އުޖާލާ ގެއަށް ކުލަ ހެދުމުގައި ތިބި ފުލުހުންތަކެއް ވަދެ ބިދޭސީއަކަށް އަނިޔާކުރިތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެ ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައި ވަނިކޮށެވެ.