ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފެން ބިލު ދައްކަން ލުއިދޭ މުއްދަތު އިތުރުކޮށްފި

ފެން ބިލް ދެއްކުމުގައި ބައެއް ފަރާތްތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދައި ދޭން ފެންކުން ފުނިން ފެށި "ދަރަންޏަށް ލުޔެއް" ޕްރޮގްރާމްގެ މުއްދަތު އަންނަ އަހަރަށް ދަމާލައިފި އެވެ.

ފެން ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ކުންފުނީގެ ބައެއް ކަސްޓަމަރުންނަށް ބިލް ދެއްކުމުގައި ދަތިތައް ކުރިމަތިވެފައި ވާތީ "ދަރަންޏަށް ލުޔެއް" ގެ ނަމުގައި މިދިޔަ އަހަރު ޑިސެމްބަރު މަހުގެ ތެރޭ ތައާރަފު ކޮށްފައިވާ ޕްރޮގްރާމްގެ ބޭނުން ކޮވިޑް-19 އިގެ ތެރޭގައު ގިނަ ފަރާތްތަކުން ނުހިފާ ކަމަށެވެ.

އަދި ބުނީ އެގޮތް މެދުވެރިވެފައި ވުމުން އެ ޕްރޮގްރާމްގެ މުއްދަތު އަންނަ އަހަރުގެ މާޗް މަހުގެ 17 ވަނަ ދުވަހާއި ހަމަޔަށް އިތުރު ކޮށްފައިވާ ކަމަށެވެ.

މި މުއްދަތުގެ ކުރިން ބިލަށް ދައްކާ ފައިސާގެ ނިސްބަތުން ޖޫރިމަނާ އަށް ވާ ފައިސާ އުނި ކުރާނެ އެވެ. އަދި މި ޕްރޮގްރާމްގެ ދަށުން ބިލަށް ދައްކާ ފައިސާ އެއްފަހަރާ ދެއްކުމަށް ދަތިވާނަމަ މަހުން މަހަށް ބަހާލައި ފަސޭހަ ގޮތަކަށް އެ ފައިސާ ދައްކާ ހަލާސް ކޮށްގެން ޖޫރިމަނާ މައާފު ކުރެވޭނެ އެވެ.

މިހާރު ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުންކޮށް ދައްކަންޖެހޭ ފައިސާ ދައްކާ ހަލާސް ކުރުމާމެދު ގޮތެއް ނިންމައި ދަރަނި ދެއްކުމަށް އެ ކުންފުނިން ވަނީ އިލްތިމާސް ކޮށްފަ އެވެ.