ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފެން ކުންފުނިން ދެއްވަދޫ އަށް 300 ކޭސް ފެން ދެނީ

Jan 12, 2021
2

ކޮވިޑް-19 އިގެ ބަލި ފެތުރެމުން ދާތީ އަރައި ފޭބުން މަނާ ކޮށްފައިވާ ގއ. ދެއްވަދޫއަށް 300 ކޭސް ފެން ދޭން، މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ނިންމައިފި އެވެ.

މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު މިއަދު ވިދާޅުވީ ފެން ބޭނުން ވެގެން ދެއްވަދޫ ކައުންސިލުން އެދިފައިވާތީ 300 ކޭސް ފެން ދޭން ނިންމައި، އެ ރަށަށް ގެންދަން މިރޭ ފުރާ ބޯޓަކަށް ފެން އަރުވައިދޭނެ ކަމަށެވެ. އަދި ވިދާޅުވީ އެކަން ހަމަޖައްސައި ދިނީ ސީއެސްއާރްގެ ތެރެއިން ކަމަށެވެ.

"ސީއެސްއާރުގެ [އިޖުތިމާއީ ޒިންމާ] ގެ ދަށުން ކުރާ ކަމެއް މިއީ. އަޅުގަނޑުމެން ދޭ 300 ކޭސް ފެން މޫސުން ރަނގަޅު ނަމަ ހިފައިގެން މިރޭ ފުރާނެ،" ޝާހު ވިދާޅުވި އެވެ.

ކޮވިޑް-19 އިގެ ބަލި ފެތުރެން ފެށުމާއެކު ފެން ކުންފުނިން ވަނީ ކޮންމެ ގެއަކަށް އެއް ޓަނުގެ ފެން ދީފަ އެވެ. ފަހުން ސަރުކާރުގެ އެހީތެރިކަމާއެކު ފެނުން ޑިސްކައުންޓް ދީ، މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި އަތް ދޮންނަ ތަންތަނަށް ފެން ލިބޭނެ ގޮތް ވެސް ހަދައި ދިނެވެ.