އުމަރު ނަސީރު

ފުލުހުންނާމެދު ނަފްރަތު އުފައްދަނީ އެކްޓިވިސްޓުން ރުއްސަން: އުމަރު

ދިވެހި ފުލުހުންނާމެދު ނަފްރަތު އުފެއްދުމަށް ރައްޔިތުންގެ މަޖްލީހުގެ ތަޅުމުގައި އެމްޑީޕީގެ ބައެއް މެންބަރުން ދައްކަމުންދާ ވާހަކަތަކަކީ އެޕާޓީގެ އެތެރޭގައި އުފެދިފައިވާ ކޯޅުމުގައި ޕާޓީގެ އެކްޓިވިސްޓުން ވަކި ފެކްޝަނަކަށް ޖަމާ ކުރުމަށް ދައްކަމުންދާ ވާހަކަތަކެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލް މަޖިލީހަށް ހުށައެޅުމާއެކު އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ ފުލުހުންގެ މުއައްސަސާއަށް އަމާޒުކޮށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ފުލުހުންނާމެދު ނަފުރަތު އުފެދޭ ޒާތުގެ ވާހަކަތައްވެސް ބައެއް މެންބަރުން ގެންދަވަނީ ދައްކަމުންނެވެ.

އުމަރު ވިދާޅުވީ ދިވެހި ފުލުހުންނާމެދު ނަފްރަތު އުފެއްދުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވާހަކަ ދައްކަނީ އެޕާޓީގެ އެތެރޭގައި އުފެދިފައިވާ ކޯޅުމުގައި ޕާޓީގެ އެކްޓިވިސްޓުން ވަކި ފެކްޝަނަކަށް ޖަމާ ކުރުމަށް ކަމަށެވެ.

"ދިވެހި ފުލުހުންނާމެދު ނަފްރަތު އުފެއްދުމަށް ރައްޔިތުންގެ މަޖްލިސް ގެ ތަޅުމުގައި ބައެއްމަދު މެންބަރުން މި ދައްކަވަމުންދާ ހޮޅި ވާހަކަ ތަކަކީ އެމްޑީޕީ ގެ އެތެރޭގައި އުފެދިފައިވާ ދެ ފެކްޝަންގެ ކޯޅުމުގައި އެ ޕާޓީގެ އެކްޓިވިސްޓުން، ވަކިބޭފުޅެއްގެ ފެކްޝަން އަށް ޖަމާކުރުމަށް ފުމޭ ސަންގެއް." އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ މިދިޔަ ދިގު މާޒީގައި ފުލުހުންގެ މުއައްސާ ދަތުރުކޮށްފައިވަނީ އެތަކެއް ސިޔާސީ އޮއިވަރުގެ ތެރެއިން ކަމަށެވެ. ފުލުހުންގެ މުއައްސަސާއަކީ ޕްރޮފެޝަނަލް މުއައްސަސާއެއް ކަމަށާ ސިޔާސީ ވެރިން އައިސްގޮސްވިޔަސް ފުލުހުންގެ މުއައްސަސާގެ މަސައްކަތަށް އަދި ރޫހަށްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

ދިވެހި ފުލުހުންގެ މުއައްސަސާ ވަނީ އެތަކެއް ސިޔާސީ އޮއިވަރެއްގެ ތެރޭގައި ދަތުރުކޮށް ޕްރޮފެޝަނަލް ބަޔަކަށް ބަދަލުވެފައި، އެތައް ހުތުރު ނަމަކުން މުހާތަބްކުރެވި އެތައް އުދަގޫ ތަކަކާ ކުރިމަތިލާފައި. ސިޔާސީ ވެރިން އައިސް ގޮސް ވިޔަސް އެ މުއައްސަސާ ގެ މަސައްކަތައް، ރޫޙަށް އަދި ހީވާގި ކަމަކަށް ބަދަލެއް ނާދެ."

ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލަށް މަޖިލީހުގައި ކުރިއަށް ގެންދިއަ ބަހުސް، މިދިއަ އަންގާރަ ދުވަހު ނިމުމަކަށް ގެންނަވަމުން، ނަޝީދު ވިދާޅުވީ، ދިވެހި ފުލުހުންގެ މަރުކަޒާއި، ކުލަ އާއި ނަން ބަދަލު ކުރުމަށް ބިލުގެ ބަހުސްގައި މެމްބަރުން ހުށަހަޅާފައިވާ ކަމަށެވެ.

"މެންބަރުން ވިދާޅުވަނީ، އެހެން ފުލުސް އޮފީހެއް ބޭނުންވެޔޭ، އެހެން ނަމެއް ވެސް ބޭނުން ވެޔޭ، އެހެން ކުލައެއްވެސް ބޭނުން ވެޔޭ، އަދި އެތަން ހުންނަންވީ މައިމަރުކަޒު ވެސް ހުންނަންވީ އެހެން ތަނެއްގައޭ، މިދިޔަ ހުރިހާ ދުވަހު އެދިޔަތަން ނިމުނީއޭ، މުޅިން އާ ބާބެއް ފެށުނިއްޔޭ،" ނަޝީދު ވިދާޅުވި އެވެ.

މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ވަނީ ދިވެހި ފުލުހުން ތިބެން ޖެހޭނީ ސޯޓު ލައިގެން، ދަނޑިބުރި ދީފައި މަގުމައްޗަށް ނެރެފައި ކަމަށް ވިދާޅުވެފައެވެ. ފުލުހުންގެ މުޅި މުއައްސަސާއަށް ވަރަށް އިހާނެތި ބަސްތައް ރައްދު ކުރަމުން އޭނާ ވަނީ ފުލުހުންނަކީ ރައްޔިތުންނަށް އަނިޔާކުރާ ބައެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކާފައެވެ. އަދި ފުލުހުން ރައްޔިތުންނަށް ފެންނަންވީވެސް ވަރަށް ހުތުރު ސިފައެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ފުލުހުންނަކީ ސޯޓުލައިގެން ދަނޑިބުރިއެއް ދީފައި ތިބޭ ބައެއް މަގުމައްޗަށް ނެރެފައި. ވަރަށް ހުތުރު ސިފައެއްގެ ގޮތުގައި ޕޮލިހުން ބައިތިއްބަންވީ. މާ ސްމާޓް އެއްޗެހި ލައްވާފައި ބައިތިއްބާކަށް ނުޖެހޭ،"