ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާމެންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހަކު ޕޮޒިޓިވް ވެއްޖެ

ގއ. މާމެންދޫއަށް ހޯމް ކަރަންޓީނަށް ދިޔަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ގއ. އަތޮޅުު ކައުންސިލް ރައީސްް އަހުމަދު ފުއާދު ވިދާޅުވީ މިމަހުގެ 13 ވަނަ ދުވަހު މާމެންދޫއަށްް ހޯމް ކަރަންްޓީނަށްްް ދިޔަ މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފުއާދު ވިދާޅުވީ މާމެންދޫ އިން ޕޮޒިޓިވް ވެފައިވަނީ އުުމުރުން 28 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ އަށް ބަލި ޖެހުނުކަން އެނގުނީ މި ބަލީގެ އަލާމާތް ފެނި ޓެސްޓް ކުރުމުން ކަމަށެވެ. އަދި ނަތީޖާ ލިބުނީ މިރޭގެ ވަގުތެއްގައި ކަަމަށާއި މިވަގުތު އޭނާ ހުރީ މާމެންދޫގައި ކަމަށްވެސް ވިދާޅުވި އެވެ.

ފުއާދު ވިދާޅުވީ ޕޮޒިޓިވް ވި މީހާ ކަރަންޓީނުގައި ހުރީ އިތުރު އެހެން ބަޔަކާ އެކުގައި ކަމަށާއި ނަމަވެސް އެމީހުން މިވަގުތު ޓެސްޓް ނުކުރާ ކަމަށެވެ.

މިއީ ގއ. އަތޮޅުން މި ބައްޔަށް ޕޮޒިޓިވް ވި ފުރަތަމަ މީހާއެވެ. ރާއްޖޭގައި މި ބައްޔަށް ޕޮޒިޓިވް ވި މީހުންގެ އަދަދު 2000 އަށްވުރެ މައްޗަށް ގޮސްފައިވާއިރު މި ބަލީގައި މިހާތަނަށް އަށް މީހަކު ވަނީ މަރުވެފަ އެވެ.