ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކަނޑިންމަ

ކަނޑިންމައިން މީހަކު މަރުވި ތަހުގީގު ފަށައިފި

ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި މުވައްޒަފަކު މަރުވި މައްސަލަ ފުލުހުން ތަހްގީހު ކުރަން ފަށައިފި އެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އޭނާގެ ގައިން ކޮވިޑް-19 އިގެ އަލާމާތްތައް ފެނި ޓެސްޓު ކުރުމުން ބައްޔަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ. އެއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 38 ވަނަ މީހާ އެވެ.

އޭނާ ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.

މަރުވި މީހާ ޕޮޒިޓިވް ވުމާއި ގުޅިގެން އެޗްޕީއޭގެ ރެޕިޑް ރެސްޕޮންސް ޓީމެއް ވަނީ ކަނޑިންމަ ރިސޯޓަށް ގޮސް ތަހްގީގެއް ކޮށްފަ އެވެ. އެ ޓީމުން ވަނީ އެ ހާދިސާ ހިނގާދިޔަ ގޮތް އަދި އެކަމާއި ގުޅިގެން ރިސޯޓުން އަޅާފައިވާ ފިޔަވަޅުތައް ވެސް ބަލާފަ އެވެ. އަދި ރިސޯޓުންނާއި ހޮސްޕިޓަލުން އަމަލު ކުރި ގޮތްވެސް ބެލި އެވެ.

އެޗްޕީއޭގެ ޓީމަށް ފާހަގަވި ކަންކަން ޑިރެކްޓާ ޖެނެރަލް މައިމޫނާ އަބޫބަކުރާ ހިއްސާ ކުރުމުން އޭނާ ވަނީ އެ މައްސަލަ ތަހްގީގު ކޮށްދިނުމަށް އެދި މީގެ ތިން ދުވަސް ކުރިން ފުލުހުންނަށް ހުށަހަޅާފަ އެވެ. ފުލުހުން މިއަދު ބުނީ އެ މައްސަލަ މިހާރު ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.