ދުނިޔެ

މެކްސިކޯގެ ތިން ގާތިލުންނަށް 520 އަހަރުގެ ޖަލު ހުކުމެއް

Sep 28, 2015

މި ޒުވާނުންތައް ކިޑްނެޕް ކުރީ "ހެވަން" އޭ ކިޔާ ބާ އެއްގެ ތެރޭންނެވެ.

މި ޒުވާނުންގެ ހަށިތައް ފެނުނީ އޭގެ ތިން މަސް ފަހުން ސިޓީ ބޭރުގައި މާސް ގްރޭވް އެއްގައި ވަޅުލާފައި ވަނިކޮށެވެ. މި ޒުވާނުން ގެއްލުމުން އެމީހުންގެ އާއިލާތަކުން އިސްނަގައިގެން ވަނީ މަގުތަކުގައި ބޮޑެތި މުޒާހަރާތައް ކޮއްފައެވެ.

ހުކުން އިއްވި ތިން މީހުންގެ އިތުރުން ވެސް މިކަމުގައި ބައިވެރިވެފައިވާ ކަމަށް ޝައްކު ކުރެވޭ މީހުން އެބަ ތިބި ކަމަށާއި އެމީހުންގެ ތަހުގީގު ތައް ކުރިއަށް ދާ ކަމަށް މެކްސިކޯ އިން ބުނެއެވެ.

ތަހުގީގު ތަކުން އެނގުނު ގޮތުގައި މި ހާދިސާއަކީ އޭގެ ދުވަސް ކޮޅެއް ކުރިން ހަމަ އެ ހިސާބުގެ ބާ އެއްގައި މަސްތުވާތަކެތީގެ ބޮޑެއް މަރާލި ހާދިސާއެއްގެ ބަދަލު ހިފުމެކެވެ.

ސޯޅަ އަހަރާއި ތިރީސް ފަސް އަހަރާ ދެމެދުގެ އަންހެނުންނާއި ފިރިހެނުން މި 13 މީހުންގެ ތެރޭގައި ހިމެނެއެވެ. ސަވައިލޭންސް ފުޓޭޖް ތަކުން ފެންނަ ގޮތުން މި ތޭރަ މީހުން ބާ ބޭރުގައި އޮތް ކާރު ތަކަކަށް އަރުވައިގެން ގެންދިޔައީއެވެ. އެކަމަކު އެއްވެސް މީހަކު ނުދާން ގަދައެއް ނުހަދައެވެ. އަދި ބަލާއައި މީހުން ތިބީ މޫނު ނިވާކޮއްގެންނެއް ނޫނެވެ. އަދި އެމީހުން އަތަކު ހަތިޔާރެއް ވެސް ނެތެވެ.

މެކްސިކޯއަކީ ރާވައިގެން ހިންގާ ކުށްތައް ގިނަ ގައުމެކެވެ. އޭގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިއާއި، މާރާމާރީއާއި، އިންސާނުން ގަނެ ވިއްކުން ފަދަ ކުށް ތައް ހިމެނެއެވެ.